ޝަރަޙަ ކުރުން
ކުރޮޅި އާދަމް ޒާހިރު (2005)
ޝަރަޙައޭބުނީމާ
ދޭހަވަނީ އޮޅުންފިލުވައި ދިނުން ކަމުގައެވެ. މިއީ އަރަބި ބަހުގެ އަސްލެއް ކަމަށްވާތީ
މިބަހުގެ އަސްލުމާނައަށްބަލައިލަމާ ހިނގާށެވެ. އަދަބީ ޢިލްމުވެރިން ވިދާޅުވެފައިވާ
ގޮތުންނަމަ މިބަހުން ދެމާނައެއް ނިކުމެއެވެ.
1-
ތަނަވަސްވެ ސާފުވުން.
ޙަޤީޤަތުގައި
ތަނަވަސްވެ ސާފުވުމީވެސް ތިލަވެގެން ވާނެކަމެކެވެ. ތިލަވާނީ އެއްޗެއްގެ
ފޮރުވިފައިވާތަން ހޯދުމަށް ފަޅައި ބުރިބުރިކޮށް ހޭވީމައެވެ. ވީމާ، ޝަރަޙަކުރުން
އެންމެ އާދައިގެގޮތަށް ބުނާނަމަ އެއީ ވަންހަނާވެގެންވާބައި ތިމާގެ ބުއްދިން ނެރެ
ހާމަކުރުމެވެ.
2-
ފަޅައި ބުރިބުރިކުރުން
މާނައަކީ
ފޮރުވިފައިވާ އެއްޗެއް ހޯދައި ހާމަކުރުން ނުވަތަ ވަންހަނާބައި ތިލަކޮށް
ފާޅުކުރުން.
*
ޅެމެއް ޝަރަޙަކުރުމޭ ބުނެވޭނީ އިސްވެދިޔަ ޢިބާރާތްކޮޅުން ދޭހަވީ ފަދައިން
އެޅެމުގައިވާ މާނަ، ނުވަތަ ފޮރުވިފައިވާ ވާހަކަ ތިލަބަހުން ހާމަކޮށްދިނުމަށެވެ.
މިގޮތުން ދިވެހިން ޅެން ޝަރަޙަކޮށް އުޅޭފާޑު ދެބަޔަކަށް ނުވަތަ ދެގޮތަކަށް ބެހެއެވެ.
1-
ޅެމެއް ނުވަތަ މިފަދަ ލިޔުމެއްގައި ބުނާވާ މާނަ އޮޅުންފިލުވައިދިނުން
*
މިގޮތަށް ޝަރަޙަކުރާއިރު ދިގުކުރަން ބޭނުންނަމަ:
- އާދައިގެ
ތިލަ މާނައިންފެށިގެން އެންމެ ފުން މާނައަށް ދެވިދާނެ.
-
ވަކިބަސްބަހުގެ މާނައާމެދު ވާހަކަ ދެއްކިދާނެ.
-
ދުނިޔަވީ ޙަޤީޤަތްތައް ހުށަހެޅިދާނެ.
-
ބުނާ އެއްޗަކަށް މިސާލު ލިޔެވިދާނެ.
2-
ޅެމުގައި ނުވަތަ އެފަދަ ލިޔުމެއްގައި ބުނާވާހަކަ އޮޅުންފިލުވައި ދިނުމާއެކު
އެލިޔުމެއް އުފައްދާފައިވާ ގޮތް އަދަބީ ފެންވަރާމެދު ފާޑުކިޔުން
-
މިގޮތަށް ކާފިޔާ ބަނޑުވަށް އަކުރަށް ފާޑުކިޔައި ހެދިދާނެ.
-
ވަކިބަހެއް ބޭނުންކޮށްފައިވާ ގޮތާމެދު ވާހަކަ ދެއްކިދާނެ.
މޮޅަށް
ޝަރަޙަ ކުރަންބޭނުންނަމަ
-
ތިމާގެ ވިސްނުން ތަރައްޤީ ކުރަންޖެހޭނެއެވެ. އެކިކަންކޮޅަށް، އެކިކަންކަމަށް
ވިސްނައި އަމިއްލަ ފިކުރު ނެރެންވާނެއެވެ. ފެންނަ ކޮނަމެ ކަމަކާ، ކޮންމެ އެއްޗަކާ،
ކޮންމެ މީހަކާމެދު ތިމާގެ ހިތުގައި ސުވާލުތަކެއް އުފައްދައި އަމިއްލަ ޚިޔާލުގައި
ބަހުސްތަކެއްކޮށް ސާބިތުކަމެއް، ކޮންމެވެސް އަތަކަށް ނިންމާލަންވާނެއެވެ.
- ތިމާގެ
ބަހުގެ ފެންވަރު މަތިކުރަންޖެހޭނެއެވެ. ހިތުގައި ޝުޢޫރުތައް ދުލުންނާއި ޤަލަމުން
އުކާލެވޭވަރަށް ސިފަޖެހޭފަދަ
ބަސްތަކަކުން ބަސްކޮށާރު މުއްސަދި ކުރަންޖެހޭނެއެވެ. ތަފާތު ލިޔުން
ލިޔެފައި ހުންނަ އެކިބާވަތުގެ ލިޔުންކިޔައި، ޚާއްސަކޮށް ޅެމާއި ރައިވަރުފަދަ
ވަޒަންބަހުރުވަ ކިޔަންވާނެއެވެ.
-
އިސްވެބުނެވިދިޔަ ދެކަންތަކާއެކު ތިމާގެ ކިބާގައި ހާމަކުރުން، ނުވަތަ ފާޅުކުރުމުގެ
ސިފަ ހުންނަންވާނެއެވެ. ދުނިޔަވީ ކަންކަމާ އެބައިތެއް ނުވަތަ ޅެމަކާއި
ގުލުވާލައިގެން ފާޅުކުރާށާއި ލިޔަން އާދަކުރާށެވެ. އޭރުންތިމާއަށް
ޅެންޝަތަޙަކުރުމުގެ ސިފަލިބޭނެއެވެ. ގިނައިން ޝަރަހަކުރީމާ މޮޅުވާނެއެވެ.
-
ޅެމެއް ނުވަތަ ލަވައެއް، ރައިވަރެއްފަދަ ލިޔުމެއް ޝަރަޙަކުރަން ބޭނުންނަމަ
އެއެއްޗެއް އުފެއްދި މީހާއާމެދު ވިސްނާލުމީވެސް އެކުރާ ޝަރަޙައެއް މޮޅުކުރުމަށް
ކޮށޭމަގެކެވެ. އެހެނީ މިކަންއެނގި އެމީހެއްގެ ޚިޔާލާއި ވިސްނުން ހުންނަގޮތް ނުވަތަ
ދިމާ އެގުނީމާ އެއެއްޗެއްގެ އަޑި ދަމައިގަންނަން ފަސޭހަވާނެއެވެ.
މިސާލު:
ތައްމަކުނު
ސެއްޅިޔާ
ނަންނުގަތި
ހޯނާ ބޮނޑާ
ލަންނާށި
ނަގު ހަރުފަޔާ
ރަންކޮޅަށްތީ
ވަކިނުވާ
ރަންތި
ދަތިހާ ތުރާ ދޭމަ
ނަށް
މި އަޖައިބު ހީވޭމަ
ޝަރަޙަ:
ދިރިއުޅޭ ކުދިކުދި ސޫފާސޫފީގެ ތެރެއިން ތަތްމަކުނާއި
ސެއްޅިޔާއި ނަންނުގައްޗާއި ހޯނާއި ބޮނޑާއި ނަގުލަންދާއްޓާއި ހަރުފަޔާއި
އުޅޭއިރުވެސް ރަންކޮޅަށް އެއެއްޗެހި ވަކިކުރާކަށް ނެގޭއެވެ. މިހެން ކަންތައްވާތީ
އަހަރެންހަމަ އަޖައިބު ވެއެވެ. އަދި ހިތަށް އުނދަގޫވެސް ވެއެވެ.
އާންމުންގެ ތެރޭގައި ގޭގެއަށް ވަދެއުޅޭ މީހުންގެ ތެރޭގައި
ތަފާތު މިޒާޖުގެ މީހުންތިބޭނެއެވެ. އޭގެތެރެއިން ބައެއްމީހުންނަކީ ވަރަށް
ސަކަމިޒާޖުގެ މީހުންނެވެ. މިފަދަ މީހުން ގެއަށްވަދެ ހެއްވާ މަޖާ ވާހަކަ
ދައްކާނެއެވެ. އަދި އެބުރި ދަމުން ސަމާސާއަކަށް ވިކާލާފައި ނުވަތަ ހަނދާން
ހުންނަވަރުގެ ގުއްޓެއް އަޅާފައި ހިނގައިދާނެއެވެ. މިގޮތުން ވަދެއުޅޭ ބައެއް
މީހުންނަކީ ގޭތެރޭގެ ކަންހުންނަގޮތް ބަލަން ވަންނަ މީހުންނެވެ.
ބައެއްމީހުންވަދެއުޅުމުން ގޭގެ ރޯދިބަރަކާތް އިތުރުވާކަމަށް ޤަބޫލް
ކުރެވޭފަހަރުވެސް އާދެއެވެ. މިސާލަކަށް ވަރަށް މަދުން ގެއަށް އައިސްއުޅޭ މީހަކު
ދަތުރަކު ގޮސްފައި އެނބުރި އަންނާނީ ގޭގައި އުޅޭ ކުދިންނަށް ކޮންމެވެސް ކަހަލަ
ހަދިޔާއެއް ހިފައިގެންނެވެ.
ގެއަށް ވަދެއުޅޭ މީހަކު ތިމާމެންނަށް ގެއްލުމެއް
ދީފާނެއެވެ. އެމީހުންގެ ތެރޭގައި ވަރަށް ނުބައި ޚިޔާލުގެމީހުންވެސް ތިބޭނެއެވެ.
މިއިން މީހެއްގެ ކިބައިން ބޮޑު އަނިޔާއެއް ލިބިދާނެކަމަށް ހުންނަންވާނީ
ސަމާލުވެގެންނެވެ. ގެއަށް ފަރިތަވަމުން ދިޔަވަރަކަށް އެމީހަކީ ކޮންކަހަލަ
މީހެއްކަން ދަސްވެ އޮޅުންފިލަން ވާނެއެވެ. ނަމަވެސް އަހަރެންގެ ރަންކޮޅަށް ތަފާތު
މީހުން ވަކިކުރަން ނޭގޭތީ އަހަރެން އަޖައިބުވަމެވެ. ހެއުމީހުންނާއި ނުބައިމީހުން
ފާހަގަ ނުވާތީ އަހަރެން ހިތަށް ދަތިވެސްވެއެވެ.
No comments:
Post a Comment