ވާހަކަދެއްކުމުގެ ހުނަރު
ތަޢާރަފް
މިއީ ވާހަހަދެއްކުމުގެ ހުނަރު ކުދިންގެ ކިބާގައި
ހަރުލެއްވުމަށް ދިވެހި ސާނަވީ މުޤައްރަރުގައި ބާރު އަޅުއްވާފައިވާތީ، އެކަން
ކުރިއަށްގެންދިއުމުގައި ބޭނުންކުރެވިދާނެ ގޮތްތައް ހިއްސާކޮށް، އެކަމުގެ މުހިންމުކަން އަންގައިދިނުމަށް ރާވާލާފައިވާ ފިލާވަޅުތަކެކެވެ.
އެގޮތުން މި ފިލާވަޅުތައް ރާވާލެވިފައިވާނީ ހަވާލުކުރެވޭ އެހެނިހެން ފިލާވަޅުގެ
ތެރެއިން ވާހަކަދެއްކުމުގެ ހުނަރު ކުރިއެރުވުމުގެ ބަދަލުގައި، ވާހަކަދެއްކުމުގެ ގަޑިއެއް ރާވާލައި ގެންދެވިދާނެ ގޮތްތައް
ހިއްސާކުރުމުގެ މައްޗަށެވެ.
ވާހަކަދެއްކުމުގެ ހުނަރު ތަރައްޤީ ކުރުމުގެ މުހިއްމުކަން.
·
ވާހަކަދެއްކުން ނުވަތަ އަނގަބަހުން މުވާސަލާތު ކުރުމަކީ، ކިޔަވައިދިނުމުގެ
މަންހަޖުގެ މުހިއްމުބައެއް.
·
ވާހަދެއްކުމުގެ ސަބަބުން ކިޔުމާއި ލިޔުންތެރިކަމާއި އަޑުއެހުމުގެ ހުނަރު
ކުރިއެރުވުމަށް ދޮރުހުޅުވައިދޭ.
·
އިންސާނާގެ ހިތުގައި އުފެދޭ ޝުޢޫރުތައް އެހެން މީހުންނަށް ފާޅުކުރެވެނީ،
ވާހަކަދެއްކުމުގެ ތެރެއިން.
·
ތިމާ އެދޭ އެދުންތައް އަނެކަކަށް ހާމަކޮށްދިނުމުގެ ވަސީލަތްތަކަކީ ވެސް
ވާހަކަދެއްކުން.
·
އިންސާނާގެ ހިތުގައި އުފެދޭ ޝުޢޫރުތައް، އެކަކު އަނެކަކަށް
ޙިއްޞާކުރުމަށްޓަކާ، އަނގައިންބޭރުކުރާ ލަފްޒުތަކަކީ، ވާހަކަ ދެއްކުން.
·
ތިމާ ދަންނަ އެއްޗެއް ނުވަތަ ދަސްކުރި އެއްޗެއް އަނެއް ބަޔަކަށް
ސާފުކޮށްދެވެނީ ވެސް ވާހަކަދެއްކުމުގެ ޒަރީއާއިން.
·
މިއީވެސް އެހެނިހެން ހުނަރުތަކެކޭ އެއްފަދައިން ތަރައްޤީކުރަންޖެހޭ ވަރަށް
ބާރުގަދަ ހުނަރެއް.
"ދިވެހި" ކިޔަވައިދިނުމުގެ މަޤުޞަދު:
ޤައުމީ މަންހަޖުގައި ބަޔާންކުރައްވާފައިވާގޮތުގައި،
"މިމާއްދާ ކިޔަވައިދިނުމުގެ މައިގަނޑު މަގްސަދަކީ ފެންނަ ފެނުންތަކާއި ކުރާ
ނުވަތަ ހިނގާ ކަންތައްތަކާމެދު ފިކުރާއި ޚިޔާލު، ޝުއޫރާއި އިހުސާސް
ފާޅުކުރުމުގައްޔާއި އަނެކުންނާ މުވާސަލާތު ކުރުމުގައި އިސްލާމީ ދިވެހި
މުޖުތަމައުގައި ބައިވެރިއެއްގެ ގޮތުންނާއި އަމިއްލަ ފަރުދެއްގެ ގޮތުން ތިމާއަކީ
އަމިއްލައަށް ފުދިގެން އުޅެވޭ އަދި އިސްލާމީ ދިވެހި މުޖުތަމައަށް ބޭނުންހިފޭ
މީހަކަށް ވުމެވެ."
ދިވެހި ސާނަވީ މުގައްރަރުގެ މައިގަނޑު މަޤުޞަދު:
ޤައުމީ މަންހަޖަށް ބިނާކޮށް ދިވެހިބަސް
ކިޔަވައިދިނުމުގެ މަޤުޞަދުތަކަމަށް ބަޔާންކުރައްވާފައިވަނީ، "ދިވެހިބަހާމެދު
ދަރިވަރުންގެ ހިތްތަކުގައި ޝައުގާއި ލޯބި އުފެއްދުމާއި އިސްލާމީ ދިވެހި
މުޖުތަމައުގައި އަމިއްލައަށް ފުދިގެން އުޅެވޭ ވަރަށް އަދި ތިމާމެން ބޭނުންކަންކަން
ހާސިލުކުރެވޭ މިންވަރަށް ބަހުގެ މައުލޫމާތާއި މުވާސަލާތީ ހުނަރުތައް ދަސްކޮށް
ދިނުމެވެ."
މުޤައްރަރުގެ ތަފްސީލީ މަޤުޞަދުތައް:
1- އަނެކާ ދައްކާ ވާހަކައަށް
ކަނުލައި އަޑުއެހުމާއި އެވާހަކައާ ގުޅުވައިގެން ތިމާގެ އަމިއްލަ ޚިޔާލު ފާޅުކުރުން.
2- ތިމާގެ އަމިއްލަ ޚިޔާލު
ފާޅުކުރުމާއި ފާޅުކުރާ ޚިޔާލު ދިފާއުކުރުން.
އެހެންކަމުން ދަރިވަރުންގެ ވާހަކަދެއްކުމުގެ ހުނަރު
ތަރައްޤީކޮށް ކުރިއެރުވުމަކީ ދިވެހި ކިޔަވައިދެއްވާ މުދައްރިސުން ކުރަންޖެހޭ
މުހިއްމު ކަމެކެވެ. އެގޮތުން އަނގަބަހުން ރަނގަޅަށް މުޢާމަލާތު ކުރެވޭ ބަޔަކަށް
ދަރިވަރުން ހެދުމަށްޓަކައި ސާފުކަމާއި، ފަރިތަކަމާއި އަދި އޯޑިޔަންސްއަށް
ވިސްނައިގެން ބަސްމޮށުންތެރިކަން ބޭނުންކުރުމުގެ ޤާބިލުކަން ދަރިވަރުންގެ
ކިބައިގައި އަށަގަންނަވަންޖެހެއެވެ. އެހެންނަމަވެސް މި ހުނަރު ކުރިއެރުވުމަށް
މަސައްކަތް ކުރެވެނީ އިސްވެ ދެންނެވި މަޤުޞަދުތައް ޙާޞިލްވާނޭ އުޞޫލުންތޯ މިއީ
އަމިއްލަ ނަފުސަށް ކޮށްލުން އެންމެ ރަނގަޅު ސުވާލެވެ.
ޕީޑީގެ މައިގަނޑު މަޤުޞަދު:
·
ދެވޭ މަޢުލޫމާތުގެ އަލީގައި ވާހަކަދެއްކުމުގެ ހުނަރު ކުރިއެރުވުމުގެ
މުހިންމުކަން ބައިވެރިންގެ ސަމާލުކަމަށް ގެނައުން.
·
ސާނަވީ ދިވެހި މުޤައްރަރުގައި ބަޔާންކޮށްފައިވާ ވާހަކަދެއްކުމުގެ ހުނަރު
ތަރައްޤީ ކުރުމަށް ގެންދެވިދާނެ ބައެއް އެކްޓިވިޓީތައް ދެނެގަނެ، ވާހަކަދެއްކުމުގެ
ހުނަރު ތަރައްޤީ ކުރެވިދާނެ ތަފާތު ގޮތްތަކަށް ޕީޑީގެ ބައިވެރިންގެ ވިސްނުން
ފުޅާކުރުން.
·
ވާހަކަދެއްކުމުގެ ހުނަރު ތަރައްޤީ ކުރުމަށް އާންމުކޮށް ބޭނުންކޮށްއުޅޭ ގުރޫޕް
މަޝްވަރާގެ އިތުރުން "ވާހަކަދެއްކުންތެރިކަން" ކުރިއެރުވުމަށް ބާރުއަޅާފަދަ
އެކްޓިވިޓީއެއް ގެންދާނެގޮތުގެ މަޢުލޫމާތު ބައިވެރިންގެ މެދުގައި ހިއްޞާކޮށް
ހިޔާލު ބަދަލުކުރުމަށް ފުރުޞަތު ހުޅުވާލަދިނުން.
·
ދެވޭ މަޢުލޫމާތުގެ އަލީގައި ވާހަކަ ދެއްކުމުގެ އެކްޓިވިޓީއެއް
ރާވާލެވިދާނެގޮތް ގުރޫޕުގައި މަޝްވަރާކޮށް، ވާހަކަ ދެއްކުމުގެ އެކްޓިވިޓީއެއް
ގެންދާނެގޮތް ރާވާ ހުށަހެޅުން.
ކުލާސްރޫމްގައި ވާހަކަދެއްކުމަށް ތައްޔާރުވުން
ވާހަކަ ދެއްކުމުގެ ހުނަރު ތަރައްޤީކުރުމަށް ފަހި މާހައުލެއް ތަނަވަސްވެފައި
އޮތުން މުހިއްމެވެ. އެގޮތުން ލަފްޒުތަކާއި ޖުމްލަތައް ކިޔަންވާ ރަނގަޅު ގޮތުގައި
ބޭނުންކުރުމަށް ހިތްވަރުދިނުމާއި، ވާހަކަދެއްކުމުގައި ބަހުންނާއި ހަރަކާތުން
ތިމާގެ ޝުޢޫރުތައް ފާޅުކުރުމަށް ހިތްވަރުދިނުން އަދި ތަފާތު ހާލަތްތަކާއި، އެ
ޙާލަތްތަކާ ގުޅޭގޮތަށް މުޢާމަލާތުކުރުމަށް ހިތްވަރު ދިނުމަކީ މުދައްރިސެއްގެ
ހައިސިއްޔަތުން ކުރަންޖެހޭ ކަމެކެވެ. އަދި ވާހަކަދެއްކުމަށް ޖެހިލުންވާ
ދަރިވަރުންނަށް ތަފާތު ހަރަކާތްތަކުގެ ތެރެއިން ކުރިއަށްނެރެ އެ ހުނަތު އަށަގެންނެވުމަކީވެސް
މުޤައްރަރުގެ ލަނޑުދަނޑި ހާޞިލްކުރުމަށް ބޭނުންތެރިކަމެކެވެ.
އެކްޓިވިޓީ 1
އެހީ: ވާހަކަދެއްކުމުގެ ހުނަރު ތަރައްޤީ ކުރުމުގެ
މުހިއްމުކަމާއި، އެކްޓިވިޓީއާ ގުޅޭ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަން.
o
ވާހަކަދެއްކުމުގެ ހުނަރުކުރިއެރުވުމުގެ މުހިންމުކަން ބައިވެރިންގެ
ސަމާލުކަމަށް ގެނައުން. (3 މިނިޓް)
o
ވާހަކަދެއްކުން ކުރިއެރުވުމަށް ގެންދެވިދާނެ ތަފާތު 2 އެކްޓިވިޓީ
ޕްރެޒެންޓޭޝަނުގެ އެހީގައި ކިޔައިދީ އޮޅުންފިލުވައިދިނުން. (7 މިނިޓް)
އޮޅުންފިލުވައިދޭ
އެކްޓިވިޓީ 1
ރީޑާސް ތިއޭޓަރ
·
ރީޑަރޒް ތިއޭޓަރ އަކީ ވާހަކައެއް ނުވަތަ ޓެކްސްޓެއް އަނގަބަހުން
ހުށަހަޅައިދިނުމެވެ. އެގޮތުން،
·
ރީޑާރޒް ތިއޭޓަރގައި ވާހަކަ، ޅެން،
ދިގު ވާހަކައިގެ ބައިތައް، ތަމްސީލުގެ ބައިތައް ފަދަ ތަކެތި އަޑުހަރުކޮށް
ޑްރެމެޓިކް ސްޓައިލަށް ހުށަހަޅައި ދެވިދާނެއެވެ.
·
ރީޑަރޒް ތިއޭޓަރގައި ހުށަހަޅާ މީހުން ސްކްރިޕްޓް ބޭނުންކުރާނެއެވެ.
·
ރީޑަރޒް ތިއެޓަރގައި ދަރިވަރުން ވަކި ވަކި ރޯލު ނަގައިގެން، މަދު ހަރަކާތާއި، ހެދުމާއި، އެހެނިހެން ތަކެތި ބޭނުންކޮށްގެން ސްޓޭޖަކާއި
ނުލާ، އަޑު، މޫނުގެ ހަރަކާތް، އަދި
ދޭހައިގެ ހަރަކާތް ބޭނުންކޮށްގެން ވާހަކަ ތަމްސީލުކޮށްދެއެވެ.
1.1 ވާހަކަދެއްކުން
ކުރިއެރުވުމަށް ރީޑާސް ތިއޭޓަރގެބޭނުންތެރިކަން:
1. އެކުވެރިވެ ގުޅިގެން ހިންގާ
ހަރަކާތަކަށް ވުމުން، ގުޅިގެން ވަކި އަމާޒަކަށް މަސައްކަތްކުރުމުގެ ރޫޙު
އުފެދެއެވެ.
2. ދޭހަވުން އިތުރުވުން.
3. ވާހަކަ ދެއްކުން ކުރިއަރުން.
4. އަމިއްލަ ނަފްސުގެ އިތުބާރު ބޮޑުވުން.
5.
އާ ޙިޔާލުތައް ތަޖުރިބާ ކުރުމަށް، ތަފާތު ހާލަތްތަކުގައި ދައްކާ ވާހަކަތަކަށް
އިޖާބަ ދިނުން އިތުރުވުން.
އެހެންކަމުން މިއީ
ވާހަދެއްކުމަށް އަލައްފަށައިގަންނަ ދަރިވަރުންނަށް، ޚާއްޞަކޮށް މީހުންނާއި
ކުރިމަތިލައި ވާހަކަދައްކަން ބިރުގަންނަ، ނުވަތަ ޖެހިލުންވާ ދަރިވަރުންގެ ކިބައިން
އެކަން ފިލުވާލުމަށް ކުލާހުގައި ކުރިއަށްގެންދިއުމަށް ބޭނުންތެރި
އެކްޓިވިޓީއެކެވެ.
1.2 އެކްޓިވިޓީއެއް ގެންދެވިދާނެގޮތް:
Ü
ރީޑަރޒް ތިއޭޓަރ ހުށަހެޅުމަށްޓަކައި، ހަރުދަނާ ޕްލޮޓެއް އެކުލެވޭ، ސާދާ،
ޑައިލޮގް ނުވަތަ ސްކްރިޕްޓް ހޮވާށެވެ.
Ü
އެ ޑައިލޮގްތައް ނުވަތަ ސްކްރިޕްޓްތައް ގުރޫޕްތަކަށް ދޭށެވެ.
Ü
ކޮންމެ ގުރޫޕަކަށް ވަކި ސްކްރިޕްޓެއްވެސް ދެވިދާނެއެވެ.
Ü
އެއަށްފަހު އެ ސްކްރިޕްޓްގައިވާ ޑައިލޮގްތައް ތަފާތުކުދިންނަށް ބަހާލުމަށް
ބުނާށެވެ.
Ü
ސްކްރިޕްޓް ހިތުދަސް ކުރުން މުހިއްމެއް ނޫންކަމަށްވެސް ބުނާށެވެ. ނަމަވެސް
ފަރިތަކޮށްލަންވާނެއެވެ.
Ü
ދަރިވަރުން ކުލާސް ކުރިމަތީގައި ނޫނީ މުދައްރިސް ބޭނުންވާ ތަނެއްގައި،
ސްކްރިޕްޓް އަތުގައި ބާއްވައިގެން، ކޮޅަށް ތިބެ އެކުއްޖެއްގެ ބައި ހުށަހެޅުމަށް
ބުނާށެވެ.
Ü
ހުށަހެޅިދާނެ ގޮތްތައް ބުނެދޭށެވެ. (އަތްފައިގެ ހަރަކާތް ގެނެވިދާނެ،
ތަކެތިވެސް ބޭނުންކުރެވިދާނެ، ތަމްސީލުހެން ވަކިން ހާއްސަތަކެތި ބޭނުމެއްނުވާނެ)
މި ހަރަކާތް ގެންދާއިރު މުދައްރިސުން ވިސްނުން ބަހައްޓަންވީ ކަންތައްތައް:
ü
1.
ސްކްރިޕްޓް
ü
ކުއްޖާ ކިޔަން ޖެހޭ ބައި ފާހަގަކޮށްދީފައި އޮތުން.
ü
2.
ހުށަހަޅައިދޭ ކުދިން އަތުރާލުން.
ü
ބަލާ މީހުންނަށް ފެންނާނެހެން، ހުށަހަޅާދޭ ކުދިން، ތަރުތީބުކޮށް ކުލާހުގެ
ކުރިމަތީގައި އަތުރާލުން.
ü
3.
ޙަރަކާތްތައް ބޭނުންކުރުން.
ü
ހަރަކާތް ގިނަކުރުމުގެ ބަދަލުގައި ބަލާމިހުންނަށް މަންޒަރު ހިތަށް ގެނައުމަށް
މަގު ފަހިވާ ޙަރަކާތްގެނައުމަށް ބާރުއެޅުން.
ü
4.
ފޯކަސް
ü
ހުށަހަޅާދޭ ކުދިންގެ ފޯކަސް ހުންނަންވާނީ ބަލަންތިބޭ އޯޑިޔަންސްއަށެވެ.
ü
5.
ހެދުން
ü
ބަލާމީހުންނަށް ވާހަކަ ތަސައްވުރުކުރުމަށް ހުރަސް ނޭޅޭނެ ގޮތަށް، ކޮންމެހެން
ބޭނުންވެއްޖެ ނަމަ ނޫނީ ވަކި ކޮސްޓިޔުމެއް ނާޅާނެ.
ü
6.
މަންޒަރާއި ސެޓިންގ
ü
ގޮތްބޮޑު ސެޓިންގއެއް ބޭނުމެއްނުވާނެއެވެ.
އެކްޓިވިޓީ 2
ވާހަކަދެއްކުމަކީ ހަމައެކަނި ކުލާހުގައި ހިންގާ
ގުރޫޕް ހަރަކާތްތަކުގައި އެއްޗެއް ބުނެލަން އެނގުމެއް ނޫނެވެ. އެހެނީ ތަފާތު
ޙާލަތްތަކުގައި ވާހަކަ ދައްކަންޖެހެނީ ތަފާތު ގޮތްގޮތަށްކަމަށްވާތީއެވެ.
އޭގެތެރެއިންވެސް ވަކި ދާއިރާއަކަށް ނުވަތަ ވަކި މަޢުޟޫއަކަށް ތިމާ ދެކޭގޮތް
ބަޔާންކޮށް ވާހަކަދައްކާލެވުމަކީ ވާހަކަ ދެއްކުމުގެ ހުނަރު އިތުރަށް
ކުރިއެރުވުމަށް ގެންދަންޖެހޭ ބޭނުންތެރި ކަމެކެވެ. އެހެންކަމުން ތަފާތު
ޙާލަތްތަކުގައި ވާހަކަދެއްކުމުގެ ތަޖުރިބާތައް ދަރިވަރުންނަށް
ލިއްބައިދިނުމަށްޓަކައި ފުރުޞަތުތައް ހޯދައިދިނުމަކީ ކިޔަވައިދެއްވާ ފަރާތްތަކުން
ކުރަންޖެހޭ ކަމެކެވެ. އެގޮތުން މި ބަލާލަނީ މަޢުޟޫއަށް ވާހަކަދެއްކުމުގެ މުހިއްމުކަށާއި
އެފަދަ އެކްޓިވިޓީއެއް ގެންދާނެގޮތުގެ މައްޗަށެވެ. މި އެކްޓިވިޓީއަކީ ސާނަވީ
މަތީކުލާސްތަކުގައި ކާމިޔާބުކަމާއެކު ގެންދެވިދާނެ ތަފާތު އެކްޓިވިޓީއެކެވެ.
އެހީ: ބްރައުން ޕޭޕަރ، މާކަރު
·
ޕީޑީގެ ބައިވެރިން 4 ވުނަތަ 5 ބައިވެރިން ހިމެނޭގޮތުން ގުރޫޕްކޮށްލުން.
·
ކޮންމެ ގުރޫޕަކުންވެސް ކިޔައިދިން އެކްޓިވިޓީއާ، ގުރޫޕްގެ ބައިވެރިން އެންމެ
ކާމިޔާބުކަމާއެކު ގެންގޮސްފައިވާ ވާހަކަދެއްކުމުގެ އެކްޓިވިޓީތަކާ ބެހޭގޮތުން
ވާހަކަދެއްކުން. (6 މިނިޓް)
·
ގުރޫޕްތަކަށް ބްރައުން ޕޭޕަރަކާއި ލިޔަންބޭނުންވާނެ ސާމާނު ދިނުން.
·
ގުރޫޕްގައި މަޝްވަރާކުރި ކަންކަމުގެ އިތުރުން ވާހަކަދެއްކުން
ކުރިއަށްގެންދިއުމަށް ކުރެވިދާނެ ކަންކަން ނޯޓް ކުރުމަށްބުނުން. (8 މިނިޓް)
·
ގުރޫޕްގައި ނޯޓްކުރި އެކްޓިވިޓީތައް ބައިވެރިންނަށް ހުށަހެޅުން. (10 މިނިޓް)
·
ހުށަހެޅި އެކްޓިވިޓީތަކުގެ ތަފާތުކަމާ ބެހޭގޮތުން ވާހަކަދެއްކުން. (6 މިނިޓް)
އެކްޓިވިޓީތައް
އޮޅުންފިލުވައިދޭން ބޭނުންޖެހިދާނެ އެހީތައް:
އެކްޓިވިޓީ 1
ސްކްރިޕްޓް ސާމްޕަލް
ނަދީމު: (ވަރަށް ރުންކުރު
ފާޑަކަށް) ހަލޯ، ހާދަ ވަރަކަށް ތި ގުޅަނީ. ނިދޭވަރެއް ވެސް ނޫން. ކިހިނެތް
ވެގެންތަ ތިއުޅެނީ.
ޔޫލީ: (ވަރަށް
މަޑު މަޑުން ވާހަކަ ދައްކަމުން، ދެ ފަރާތް ދެފަރާތަށް ބަލަމުން) އަޅެ ކިހާވަރަކަށް
ގުޅައިފިންތަ؟ ފޯނު ވެސް
ނުނަގަމެންނު. ކޮންތާކުތަ ތި އުޅެނީ. އަހަރެން ބޭނުން ބައްދަލުކޮށްލަން. ވަރަށް
ބޮޑު ވާހަކައެއް ބުނަން
އެބައޮތް.
ނަދީމު: އަހަރެން
މިހިރީ ރަށަކު ނޫން. ދެން ތި ބުނަން އުޅޭ ވާހަކައެއް ބުނެވިދާނެ އެންނު ފޯނުން ވެސް.
ޔޫލީ: (ހައިރާންވެ ހުރެ) ރަށަކު ނޫނޭ. ކޮން
އިރަކު ރަށުން ދިޔައީ. ނުވެސް ބުނަމެއްނު.
ނަދީމު: އަހަރެން
ދާ ކޮންމެ ތަނަކަށް ދިއުމުގެ ކުރިން ބުނަން ޖެހޭތަ؟
ޔޫލީ: ކީއްވެގެންތަ
މީހާރު އަހަރެންތި އިގުނޯ ކުރަނީ. އަހަންނަށް ކޮންކަމެއް ގޯސްކޮށް ކުރެވުނީތަ؟
ނަދީމު: ދެން
ތިހުރިހާ ހާސަރުތަކެއް ނުދަމަ ތިބުނާ އެއްޗެއް ބުނެބަލަ؟
ޔޫލީ: (ދެރަވެފަ،
ވަރަށް ލަސްލަހުން) ނަ..ދީ...މް. އަހަރެން ބަނޑުބޮޑު.
ނަދީމު: (މާބޮޑު
އަޅާލުމެއްނެތި) އެހެންތަ. ދެން އަހަރެން ކިހިނެތް ހަދަންވީ.
ޔޫލީ: ނަދީމް.
ހާދަ ގަޔާނުވެފަ ތިހެން ތި ބުނީ. އަހަރެންގެ ބަނޑުގައި މި އޮތީ ނަދީމްގެ ދަރިއެއްކަން
ހަމަ ރަނގަޅަށް
ވެސް އެނގޭނެ.
ނަދީމް: (ހީލާފަ)
އަހަންނަށް ކިހިނެތް އެނގޭނީ ތީ އަހަރެންގެ ދަރިއެއްކަން. ޔޫލީއަކައްނު އެނގޭނީ ޔޫލީގެ
ބަނޑުގައި ތި އޮތީ ކާކުގެ ދަރިއެއްކަން.
ޔޫލީ: (ރުޅި
އައިސް) ނަދީމް. އަހަރެން ހީވެސް ނުކުރަން ނަދީމް ތިގޮތަށް އަހަންނާމެދު ކަންތައް ކޮށްފާނެ
ކަމަށް. އަހަރެން ހީކުރީ ނަދީމް
އުޅުނީ ހަމަ ހަގީގަތުގަ ވެސް އަހަރެންދެކެ ލޯބިންކަމަށް. އެހެންވެ އެހާ އަވަހަށް އަހަރެން ތި މަޅީގައި ޖެއްސުނީ
ވެސް. އެކަމަކު....... (ޔޫލީ ރުޅިއައިސްގެން
ފޯނު ކަނޑާލުން)
ފާތުމަ: އައްސަލާމް އަލައިކުމް
އައިމިނަ: ވައަލައިކުމް ސަލާމް. އަހަ. ފާތުމަތަ. ހާދަނުގަޑިއެއްގައި.
އަނެއްކާ ކަމަކުތަ؟
(އަނެއްފަރާތައް މޫނު އަނބުރައިގެންހުރެ)
އަނެއްކާ މިއަދު މިއައީ ކޯޗެކޭ ކިޔަންބާ.
ފާތުމަ: އުހުނ. މިދެން ދަރިފުޅު
ސުކޫލަށް ލާފައި ދަމުން ވަދެލީ. އައިމިނާ، މިއަދު އެއްވެސް ކަމެއް ނެތް ދުވަހެއްތަ؟ މާ ހަމަޖެހިލައިގެން ތިއިނީ.
އައިމިނަ: އާން. އަހަރުމެން
އެންމެ، ދެމައިން އުޅޭ ގެއެއްގަ މާގިނަ ކަންތައްތަކެއް ކުރާކަށް ވެސް ނޯންނާނެ އެންނު.
ފާތުމަ: (ބޯ ފަރާތް ފަރާތަށް
އަނބުރައި، ބަލައިލަމުން) ކޮބާތަ އެމަންޖެ؟ އަދި ނުހޭލަނީތަ؟
އައިމިނަ: އޭނަ ވީ ސިއްހީ މަރުކަޒުގަ....
ފާތުމަ: އެމަންޖެ މިހާރު ކޯސް
ނިންމާފަ ވަޒީފާއަށް ނުކުތީތަ؟ އަދިވެސް އެމަންޖެ ނޫޅޭތަ މީހަކާ އިންނާކަށް.
އައިމިނަ: އާން، އަދި އެކަހަލަ ކަމެއް ކުރާހެންނެއް ހިޔެއްނުވޭ. ވަޒީފާއަށް
ނުކުންނަން އެ ފެށިފަހުން އަދި މާގިނަދުވަހެއް
ނުވޭ.
ފާތުމަ: (އެއްޗެއް ވިސްނަން
އިންނަ ކަހަލަ ގޮތަކަށް އިނދެލާފައި) އޭ އައިމިނާ، އަހަރެން ފާޑެއްގެ ވާހަކައެއް
އަޑު އަހައިފިން. އެއީ ތެދެއްތަ؟
އައިމިނަ: (ކުޑަކޮށް ހާސްވެލާފައި) އަނެއްކާ ކޮން ވާހަކައެއް.
ފާތުމަ: (ދެ ފަރާތް
ބަލައިލަމުން، ސިއްރުން އެއްޗެއް ބުނާ ގޮތަށް) މިގޭ މަންޖެ ވެސް ރާއްޖެއިން ބޭރަށް ދިޔަ އެންނު، ކޯހުގެ ކޮންމެސް
ކަމަކަށް، ކޯހުގެ ބައިވެރިންނާ އެކު އަދި އެއްކަލަ އެ ކުދިންނަށް ކިޔަވައިދޭން އައެއްނު ނަދީމު ކިޔާ ޓީޗަރެއް.
އެމީހާ ވެސް ދިޔަ އެއްނު ދޯ
އައިމިނަ: (ފާތުމަ ދައްކަމުން ދިޔަ ވާހަކަ، ވަރަށް ހާސްވެ ހުރެ އަޑު
އަހަމުން، ކެތްތެރި ކަމެއްނެތި) ދެން.
ފާތުމަ: އެއްކަލަ އާބިދާވެސް
އެކަހަލަ ވާހަކައެއް މަގާތުބުނި.
ފާތުމަ: އެ ޓީޗަރާ މިގޭ
މަންޖެޔާ އެއީ ކަމެކޯ. އެ ދެމީހުން އެ ދަތުރުގައި.......
އައިމިނަ: (ރުޅި އައިއްސަ، ފާތުމައާ ދިމާލަށް އިނގިލި ދިއްކޮށްލަމުން)
ފާތުމާ، ކަލެއެއް ކަމަކު އަހަރެންގެ ދަރިފުޅާ
ބެހޭ ގޮތުން ފާޑު ފާޑުގެ ވާހަކަ ދައްކާނެ ކަމެއްނެތް. އަބަދުވެސް ކޮންމެވެސް
މީހެއްގެ ވާހަކައެއް ހިފައިގެން
އަންނާނެ.
ފާތުމަ: (ކުޑަކޮށް ޖެހިލުންވެ
ހުރެ) އައިމިނާ މިއީ އަހަރެން ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫން. އެ ދަތުރު
ދިޔަ ވަރަށް ގިނަ ކުދިން އެ ވާހަކަދައްކާ. އެ ޓީޗަރާ މިގޭ މަންޖެޔާ އުޅުނީ މާ
ގައިގޯޅިކޮށޯ. އެ މަންޖެ މިހާރު އިން
ހާލެއް ވެސް ނޭނގެޔޯ. ދެން އަހަރެން ބުނީމަ ޤަބޫލު ނުކުރަންޏާ ރަށުތެރޭގަ ދައްކާ ވާހަކަތައް އަޑުއަހާލަބަލަ.
އައިމިނަ: ކޮންމެ ބަޔަކު ކޮންމެ އެއްޗެކޭކިޔަސް މަށެއް ޤަބޫލެއް ނުކުރާނަން.
ތިވާހަކަ ފަތުރާ މިހުންނަށްވެސް އެނގޭނެ
އަހަރެންގެ މަންޖެއަކީ އެހެންއުޅޭ ކުއްޖެއް ނޫންކަން. އެ މަންޖެ ރަނގަޅު
ނަތީޖާއެއް ހޯދީމަ މިހާރު އެކަމާވެސް
ހަސަދަވެރިވަނީ ދޯ.
އައިމިނަ: (ދެއަތަށް ބޯ ހޫރާލާފަ) އެކަމަކު އަހަންނަކަށް ތި ވާހަކައެއް
ޤަބޫލެއް ނުކުރެވޭ. ތި ވަރުގެ ކަމެއް
އެ މަންޖެ ކޮށްފާނެ ކަމަށް ހަމަ ޤަބޫލު ނުކުރެވެނީ. ފާތުމަ ތި ވާހަކަދައްކާއިރު ފާތުމައަށް ވެސް
އެނގޭނެ ކަންނޭނގެ މަގޭ ދަރިއަކީ ކިހިނެއް ގެންގުޅޭ ކުއްޖެއްކަން.
ފާތުމަ: ތިހިރީވާ ދަރިއެއް
ލިބިފަ. ދުވަސްކޮޅަކުން ތާހިރު އަޑެއް އިވޭނެ. މަށަށްވާ ކޮންކަމެއް. މަވާ މިގެޔަށް ބޯވެސް
ދިއްކޮށްނުލައި ހުރެދާނަން. މިއިން މީހެއްކައިރީގައި ރަނގަޅަކަށް އެއްޗެކޭ ބުންޏަސް
ނުބައި މިވަނީ އެވާހަކައެއް ބުނާމީހާ.
No comments:
Post a Comment