Wednesday, April 8, 2015

އަޑުއެހުމުގެ ދޭހަ

އަޑުއެހުމުގެ ދޭހަ



"މަސްއޮޑި މަހުން ލެފީމާ" މި ލަވަ އަޑުއެހުމަށްފަހު އަންނަނިވި މަސައްކަތްތައް ފުރިހަމަކުރާށެވެ.

1. ލަވައަޑުއަހަމުން ތިރީގައިވާ މާނަތަކާ އެންމެ ގުޅޭ ލަފުޒުތައް ލަވައިން ހޯދައިގެން ލިޔާށެވެ .
ހ. މަސްވެރިންނަށް ގެއަށްގެންނަން ލިބޭ މަސް:__________________________________________________________________________________________________
ށ. މަސް ކައްކާ ތެލިން މަސް ނަގަން ބޭނުންކުރާ ދޭފަތެއްކަހަލަ އެއްޗެއް: _______________________
ނ. މަސް ކައްކާ ތެލި: ______________________________________________________
ރ. މަސް ބޭނުމަށް ކަންވާރު އައްސައިގެން ގެންގުޅޭ އާލާތް: ________________________________
ބ. އުނދުނުގެ ބިއްދޮށް: _____________________________________________________
ޅ. ބޮޑެތި ދަހި އައިން: ______________________________________________________
2. ތިރީގައިވާޖުމުލަތައް ރަނގަޅުނަމަ ރަނގަޅު ފާހަގަ އަދި ނުބައިނަމަ ނުބައި ފާހަގަ ޖަހާށެވެ.
ހ. މި ލަވަޔަކީ މަސްވެރިންގެ އަނބިން ކުރާ މަސައްކަތް އަންގައިދޭ ލަވައެކެވެ. (........)
ށ. މަސްވެރިންބާނާ މަހުގެ ނަފާ ނެރެނީ މަސްވެރިންނެވެ. (........)
ނ. މަސް ޖަވާހިރަށް ބަދަލުވަނީ މަސްވެރި އަންހެނުން ކުރާ މަސައްކަތުންނެވެ. (........)
ރ. އަންހެނުންވެސް މަސްބާނަން ދޯންޏަށް އަރައިގެން ދެއެވެ. (........)
ބ. ބަދިގޭ ފުށްޑަނުގައި ރަސްއައިން އޮވެއެވެ. (........)
ޅ. މަސްވެރި ފިރިހެނުން ބަދިގެއަށްވަދެ މަސްކައްކަން ބައިވެރިވެއެވެ. (........)

3. މަސްވެރިންގެ އަބިންކުރާ ކަންކަމުގެ މައްޗަށް 7 ފޮޅުވަތަށްވުރެ ދިގުނޫން ޕެރެގްރާފެއްލިޔާށެވެ. ޕެރެގުރާފު ލިޔާނީ ލަވައިން އެނގުނު މަޢުލޫމާތު ބޭނުންކޮށްގެންނެވެ.
 

No comments:

Post a Comment