Monday, May 4, 2015

ޕޯޓްފޯލިއޯ

އުނގެނުމަށާއި ވަޒަންކުރުމަށް ޕޯޓްފޯލިއޯ ބޭނުންކުރުން
(އެފް.އީގެ ހޭންޑް އައުޓް 2015)
ޕޯޓްފޯލިއޯއަކީކޮބާ؟
ކަނޑައެޅިފައިވާ ދާއިރާއަކުން ނުވަތަ ދާއިރާ ތަކަކުން ކުދިންނަށް ހާސިލްވިމިންވަރު ނުވަތަ އުނގެނުން ކުރިއަށްދިޔަ މިންވަރެއް ނުވަތަ ކުދިންކުރި ހިތްވަރު އަންގައިދޭގޮތަށް ވަކި މަގުސަދެއްގައި އެއްކޮށްފައިވާ ކުދިންގެ މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުން ނުވަތަ ޕޯޓފޯލިއޯއިން ކުދިންގެ ވާހަކަ އަންގައިދޭނެއެވެ. (އާރޓަރ އަދި ސްޕެންޑްލް1992: ސަފްހާ36 ).
·         "ޕޯޓްފޯލިއޯއަކީ ކުލާހުގައި ދަރިވަރުގެ ފެންވަރު ދެނެގަތުމަށް ކުރެވޭ އޮބްޒަރވް ކުރުންތަކުންފެށިގެން އަހަރުނުވަތަ ޓާރމް ނިންމާފައި ބާއްވާ އިމްތިހާންތަކުން ކުދިންނަށް ހާސިލްވި މިންވަރު ދެނެގަނެ ގޮތެއް ކަނޑައެޅުމަށް ބޭނުންކުރެވޭ ހެކީގެބާވަތެކެވެ.
·         ޕޯޓްފޯލިއޯގައި އެކިވައްތަރުގެ ހެކިވެއެވެ....... ހެކިތައް ކަމާ އެކަށީގެންވި ވަރަކަށް ކަނޑައެޅިފައިވާ އުނގެނުމުގެ ދާއިރާއިން ދަރިވަރަށް ހާސިލްވެފައިވާ މިންވަރު ދެނެގަތުމަށް ބޭނުނކުރެވޭގޮތް އިތުރުވެގެންދާނެއެވެ".ފޯސްޓަރސް އަދި މާސްޓަރސް (1996: 2).

ޕޯޓްފޯލިއޯއަކީ އެއްކުރެވިފައިވާ، ދަރިވަރުންގެ މަސައްކަތްތަކެކެވެ. މގޮތަށް އެއްކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހަގީގީ މާހައުލުގައި ދަވޭ މަސައްކަތްތަކުގެ ނަތީޖާ، ހާސިލްވިތޯބެލުމަށް ދެވޭ ވަޒަންކުރުމުގެ މަސައްކަތްތައް، ޢާންމުކުށް ދެވޭ ޓެސްޓް ނުވަތަ ދަރިވަރުން ކުރާ މަސައްކަތުގެ ނަމޫނާފަދަ ދަރިވަރުގެއުނގެނުން ވަޒަންކުރެވިދާނެ ފަދަ ތަފާތު މަސައްކަތްތައް ހިމެނެއެވެ. ޕޯޓްފޯލިއޯ އެއްގައި ވަރަށްގިނަ މުއްދަތެއްގައި ދަރިވަރަށް ލިބުނު ކުރިއެރުންތައް، ނުވަތަ ހާސިލްވި މިންވަރު ދެނެގަނެވޭނެފަދަ ތަކެތި ބެހެއްޓެއެވެ.
ޕޯޓްފޯލިއޯ ބޭނުން ކުރަންވީ ކީއްވެ؟
·         ދަރިވަރުގެ ފުރިހަމަ، ވަށައިޖެހޭތަސްވީރެއް ލިބިގެންދޭ
·         ޕޯޓްފޯލިއޯގައި ހިމެނުމަށް މަސައްކަތް އިޚްތިޔާރު ކުރުމުގެ ފުރުސަތު ދެވި، އެމަސައްކަތެއް ފެންވަރު ރަގަޅުކޮށް ފުރިހަމަ ކުރުމުގެ ނިންމުންނިންމުމުގެ އިޚްތިޔާރު ދަރިވަރަށް ދެވޭ.
·         ތަފާތުވިސްނުންތަކާއި، ސަގާފީ ތަފާތުތައް ފަދަ ކުދިންގެ ތަފާތުކަން ދައްކާލުމުގެ ފުރުސަތު ކުދިންނަށް ލިބިދެވޭ
·         ކަންހިނގިގޮތް ދައްކުވައިދޭ (ޕްރޮސެސް އޮރިއެންޓެޑް) ޕޯޓްފޯލިއޯއިން ދަރިވަރުގެ އުނގެނުން ކުރިއަރައިގެން ދިޔަގޮތުގެ ވާހަކަ އެގިގެންދާނެއެވެ. މިފަދަ ޕޯޓްފޯލިއޯގައި އެންމެ ފުރަތަމަ ހަދާ ދެލިކޮޕީ، މަސައްކަތުގައި ގެންގުޅުނު ވިސްނުން،އަދިމުޅި ކޯހުގައި ނުވަތަ ޕްރޮގްރާމްގައި އުނގެނުމަށް ކުރިމަތިވި ދަތިތައް ނުވަތަ ގޮންޖެހުންތައް ފަދަ އުނގެނުމާއި އުފެއްދުމުގެ ކަންކަން ދިޔަގޮތް ހިމަނާފައި ހުންނާނެއެވެ.
·         ފުރިހަމަ ކޮށްފައިވާ މަސައްކަތް ދައްކުވައިދޭ ޕޯޓްފޯލިއޯ ނުވަތަ ޕްރޮޑަކްޓް އޮރިއެންޓެޑް ޕޯޓްފޯލިއޯ ގައި ހިމަނަން ޖެހެނީ ކުދިންނަށް އެމަސައްކަތަކީ ފެންވަރު ރަގަޅު، މުޅިން ފުރިހަމަ ކޮށްފައިވާ ތަފާތު ވައްތަރުގެ މަސައްކަތްތކެވެ.
·         އުނގެނުމާއި އުނގަންނައި ދިނުން އަދިވަޒަންކުރުން ހިމަނައިގެން އުނގަންނައިދިނުމުގެ ފެންވަރު މަތިކުރެވޭނެއެވެ.
·         ޓީޗަރުންނާއި ސްކޫލް ޒިންމާދާރު ކުރުވުމަށް އެހީތެރިވެއެވެ. (ކްއީންސްލޭންޑް ސަރުކާރު، ކްއީންސްލޭންޑް އެޑިއުކޭޝަން، 2003).
ޕޯޓްފޯލިއޯ ކުރިއަށް ގެންދާގޮތާއި މަގްސަދު
ޕޯޓްފޯލިއޯ ބޭނުން ކޮށްގެން އުނގެނުމުގެ ތެރެއިން ކުރެވޭ ވަޒަންކުރުންތައް (ފޯމެޓިވް) އަދި ކިޔަވާދީ ނިންމާލުމަށްފަހު ނުވަތަ ޔުނިޓެއް ނިންމާލުމަށްފަހު ކުރެވޭ ވަޒަންކުރުމުގެ (ސަމޭޓިވް) ގޮތްތައް ބޭނުންކޮށްގެން ވަޒަންކުރާއިރު، އަޅުގަނޑުމެންނަށް އެގެންޖެހޭ ވަޒަންކުރުމުގެ މައިގަނޑު މަފްހޫމްތަކަކީ ކޮބާ؟
ސަމޭޓިވް ޕޯޓްފޯލިއޯ
·         އުނގެނުމުގެ މަގްސަދުތަކަށް ނަޒަރު ހިންގައިގެން، ކުދިންގެ ހުނަރާއި، އެހުނަރުގެ މިންވަރު ދައްކުވައިދޭ ހެކި ހުރުން
·         ސަމޭޓިވް ޕޯޓްފޯލިއޯ އިން ދައްކައިދެނީ އުނގެނުމުގެ މަގްސަދުތައް ހާސިލްވި މިންވަރެވެ. އުނގެނުން ކުރިއަށް ދިޔަ ގޮތެއްނޫނެވެ.
·         ވަޒަންކުރުމުގެ މަގްސަދަކީ ކުދިންގެ ހުނަރާއި މަޢުލޫމާތުވަޒަން ކުރުން ކަމަށްވާނަމަ އެ ވަޒަންކުރުމަކީ ސަމޭޓިވް ވަޒަންކުރުމެކެވެ.
ފޯމެޓިވް ޕޯޓްފޯލިއޯ
·         ފޯމެޓިވް ޕޯޓްފޯލިއޯގެ އެންމެ މުހިއްމު އެއް ދައުރަކީ އުނގެނުމުގެ ކަންތައްތައްކުރިއަށް ދިޔަގޮތް ދައްކުވައިދިނުމެވެ.
·         ވަޒަންކުރުމުގެ މަގްސަދަކީ ކުދިންގެ އުނގެނުމުގެ ކަންތައްތައްކުރިއަށް ދިޔަގޮތް ވަޒަންކުރުން ކަމުގައިވާނަމަ، އެ ވަޒަންކުރުމަކީ ފޯމެޓިވް ވަޒަންކުރުމެކެވެ.
ފޯމެޓިވް އާއި ސަމޭޓިވް ޕޯޓްފޯލިއޯ
ފޯމެޓިވް އަދި ސަމޭޓިވް ވަޒަންކުރުން އެކުގައި ގެންދިއުމުން ވަޒަންކުރުމުގެ ނަތީޖާ މާ ފުރިހަމަވެއެވެ. އަދި އުގެނުމާއި އުގަންނައިދިނުންވެސް ހަރުދަނާވެއެވެ. (ޑިޕާޓްމަންޓް އޮފް އެޑުއކޭޝަން، 2002. ދަ ސްޓޭޓް އޮފް ކުއީންސް ލޭންޑް).
ދިރާސާތަކުން ލިބިފައިވާ ހެކިތައް
·         ފޯމެޓިވް އެސެސްމަންޓާއި ބެހޭގޮތުން 1998 ގައި ބްލެކް އާއި ވިލިއަމް ހެދި ދިރާސާއަކުން ދައްކާގޮތުން ފޯމެޓިވް އެސެސްމަންޓްގައި ބޮޑަށް އަލި އަޅޫވާލެވިފައިވަނީ އެކުގައި އުޅޭ ކުދިންނާއި އަމިއްލަ އަށް ވަޒަންކުރުމާ ގުޅޭ ކަންތައްތަކާއި، އުނގެނުމުގައި ކިޔަވައިދޭ ގޮތާއި ފީޑްބެކްދިނުމުގެ ދައުރުގެ މައޗަށެވެ.
·         މި ހޯދުމުގެ ސަބަބުން ފޯމެޓިވް އެސެސްމަންޓަކީ ވަކި ނިޒާމެއްނޫންކަމަށް ބެލިގެން ދިޔައެވެ. އަދި ފޯމެޓިވް އަދި ސަމޭޓިވް އެކުގައި ގެންދިއުމަށް ބާރުއަޅާ ކުލާހުގައި އުނގަންނައިދުނުމުގެ ބަޔަކަށް ހެދުމަށް ބާރު އަޅުނެވެ. (ބްލެކް އާއި ވިލިއަމް، 2003:628).
·         ފޯމެޓިވް އެސެސްމަންޓުން ކުދިންގެ ފެންވަރު މަތި ކޮށްދެއެވެ. އަދި މިހާރު ގެންގުޅޭ ގޮތްތައްވަނީ ރަގަޅު ކުރަންޖެހިފައެވެ.(ބްލެކް އާއި ވިލިއަމް، 1998).
·         ކުދިންނަށް ކުރިމަތިވާ އުދަގޫތައް ހޯދެއެވެ.
·         ޓީޗަރުންނަގާ ޓެސްޓްކުން ބާރުއަޅަނީ ހިތު ދަސްކުރުމަށާއި އާދަޔާ ޚިލާފަށް ބޮޑަށް ދަސްކުރުމަށެވެ.
·         ވަޒަން ކުރަން ބޭނުންކުރާ ސުވާލާއި ގޮތްތައް ސްކޫލުގެ އެހެން ޓީޗަރުންނާއި މަޝްވަރާ ނުކުރެއެވެ. ވަޒަންކުރުމުން ނުކުތް ނަތީޖާ އަސްލު ވަޒަންކުރަން ބޭނުންކުރި މަގްސަދާ ދިމާވޭތޯ ބަލާނުލެވެއެވެ.
·         ޕްރައިމަރީ ޓީޗަރުން ޚާއްސަކޮށް ބާރުއަޅަނީ މަސައްކަތް ދިނުމަށާއި މަސައްކަތުގެ މިންވަރު އިތުރު ކުރުމަށެވެ. މިކަމުގެ ސަބަބުން އުނގަންނައިދިނުމުގެ ފެންވަރު ދަށްވެއެވެ.
އުނގެނުމުގެ ގޮތްތަކުގެސަބަބުން ކުރާ ނޭދެވޭ އަސަރުތައް
·         އުނގެނުމަށް ބާރުއަޅާ ދެވޭ ނަސޭހަތަށްވުރެ މާރކްސް އާއި ގްރޭޑް ދިނުމަށް ބޮޑަށް ބާރު ލެވެއެވެ.
·         ދަރިވަރުންއެކަކުއަނެކަކަށް އަޅާކިއުމުގެ ބޭނުމަކީ، ދަރިވަރުން ކުރިއެރުވުމަށް ބާރު އެޅުމަށްވުރެ، ވާދަ ކުރުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމެއްކަމަށް ކުދިން ދެކެއެވެ.
·         ވަޒަންކުރުމަށްފަހު ކުދިންނަށް ދެވޭ ފީޑްބެކްގެ ސަބަބުން ކުދިންނަށް ނޭދެވޭއަސަރު ކުރެއެވެ. މިގޮތުން ދަށުން ނަތީޖާލިބޭ ކުދިންނަށް އެކުދިންނަކީ ގާބިލް ނޫން ކުދިން ކަމަށް ގަބޫލު ކުރެވި، ދަސްކުރުމުގެ ގާބިލްނެތްކަމަށް ދެކި ކިޔެވުމަށް ޝައުގުވެރިކަން ކުޑަވެއެވެ.
·         ވަޒަންކުރުމަށްފަހު ޓީޗަރުންދޭ ފީޑްބެކް ބޭނުންކުރެވެނީ އުނގެނުމަށް އިތުރަށް ނަޒަރު ހިންގޭ އެއްޗަކަށްވުރެ ސްކޫލް ހިންގުމަށާއި، އިޖުތިމާޢީ ކަންކަމަށް ބޭނުންކުރާ އެއްޗަކަށެވެ.
·         ކުދިންގެ މަސައްކަތް ބަލާ، ކުދިންގެ އުނގެނުމަށް ބޭނުންވާ ކަންކަން ފާހަގަ ކުރުމަށްވުރެ އިސްކަން ދެވެނީ ރެކޯޑްކުރުމުގެ ބޭނުމުގައި މާކްސް ނަގަން ބާރު ލެވެއެވެ. (ބްލެކް، ހެރިސަން، ލީ، މާޝަލް އަދި ވިލިއަމް، 2003).
އަމިއްލައަށް ވަޒަންކުރުން
·         ކުއްޖާގެ ކުރިއެރުމަށް ނުވަތަ ފޯމެޓިވް ބޭނުންތަކަށް އަމިއްލައަށް ވަޒަންކުރުމުގެ ކުރިން ވަޒަންކުރާނެ މިންގަނޑު ނުވަތަ ކްރައިޓީރިއާކުދިންނަށް ދައްކާއޮޅުން ފިލުވައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
·         އަމިއްލައަށް ވަޒަންކުރާއިރު ވަޒަންކުރުމުގައި ބޭނުންކުރާ ބަސް (ލެންގުއޭޖް) ބޭނުންކުރުން
·         އަމިއްލައަށް ވަޒަންކުރުމަކީ ގްރޭޑް ނުވަތަ މާރކްސް ދޭން ކުރާ ކަމެއްނޫނެވެ. އެއީ އުނގެނުމުގެ ގޮތްތައް ނުވަތަ އުނގެނުމަށް ކުރި މަސައްކަތްތަކަށް ވިސްނާ، އުނގެނުން ހަރުދަނާ ކުރުމަށް ކުރެވޭ ކަމެކެވެ.
 ސަމޭޓިވް އަދި ފޯމެޓިވް ވަޒަންކުރުންތަކުގައި ބޭނުން ކުރާނެ މިންގަނޑު ނުވަތަ ކްރައިޓީރިއާ އެނގުން
·         ވަޒަންކުރުމަށް މިންގަނޑެއް ނުވަތަ ކްރައިޓީރިއާއަކާއި ވަކި ފެންވަރެއް ނުވަތަ ސްޓޭންޑަރޑެއް ކަނަޑައެޅުން
·         މިންގަނޑު ނުވަތަ ކްރައިޓީރިއާ އަކީ " ކުއްޖާއަށް އުނގެނިފައިވާ އުނގެނުމުގެ ފެންވަރު ދެނެގަނެވޭނެ ފަދަ ކަންތައްތަކެއް ނުވަތަ ދާއިރާތަކެކެވެ".
·         ސްޓޭންޑަރޑަކީ " ފުރިހަމަ ވީ މިންވަރު ނުވަތަ ފެންވަރު ކޮންމެ ކްރައިޓީރިއާ އަކަށް ފެތޭގޮތަށް، ކަނޑައަޅާ ދަރިވަރު ތަރައްގީ ވަމުންދިޔަ ވަރުގެ މިންގަޑެކެވެ(މެކްސްވެލް، 1993:293).
ކްރައިޓީރިއާއާއި ވަކި ފެންވަރެއް ނުވަތަ ސްޓޭންޑަރޑް
·         ސަމޭޓިވްކޮށް ވަޒަންކުރުމަށް ކަނޑައަޅާފައިވާ ވަޒަންކުރުމުގެ މިންގަނޑު ނުވަތަ ކްރައިޓީރިއާ ރަގަޅަށް ބެލުން
·         މިންގަނޑު ނުވަތަ ކްރައިޓީރިއާ ފާހަގަ ކުރުން
·         މިންގަނޑު ނުވަތަ ކްރައިޓީރިއާ ދިރާސާ ކުރުން
·         ތިބޭފުޅާގެ ގްރޫޕް މެންބަރުންނާއެކު މަޝްވަރާކުރުން
·         އެންމެނަށް އެގުނު ނުވަތަ ދޭހަވި އެއްޗަކަށް އެއްބަސްވުން
·         ތިބޭފުޅުންނަށް ހޯދުނު އެއްޗެއް ބޮޑު ގްރޫޕަކަށް ކިޔާދޭން ތައްޔާރަށް ތިބޭށެވެ.
ޕޯޓްފޯލިއ ވަޒަންކުރުމަށް ކުރެވޭ ކަންތައްތައް ނުވަތަ ޕްރޮސެސް
·         ވަޒަނކުރުމަށް ކަނޑައަޅާފައިވާ ސްޓޭންޑަރޑާއި މިންގަނޑު ނުވަތަ ކްރައިޓީރިއާމެދު ރަގަޅަށް ވިސްނާށެވެ.
·         އަމިއްލައަށް އެ މިންގަނޑު ނުވަތަ ކްރައިޓީރިއާ ދިރާސާ ކުރާށެވެ.
·         އެހެން މީހުންނަށް އެކްރައިޓީރިއާއިން ދޭހަވިއެއްޗެއް ބަލާށެވެ.
·         ކުރައިޓީރިއާއިން އެންމެނަށް ދޭހަވި އެއްޗެއް ބޭނުންކުރާށެވެ.
·         މިގޮތުން މަޝްވަރަކޮށް، ބަހުސްކޮށް ޔަގީންކޮށް ކްރައިޓިރިއާ އެއްގޮތް ކުރާށެވެ.
އަމިއްލައަށް ވަޒަންކުރުން
ސާދާ ކްރައިޓީރިއާ (explicit)
އެންމެ ދަށް މިންގަޑު ނުވަތަ ކްރައިޓީރިއާ: އެންމެ މުހިއްމު މަފަހޫމްތަކާއި މައްސަލަތައް އޮނިގަޑާއި، އެއްބައި އަނެއްބައިގެ ގުޅުން، ބުއްދީގެ މަގުން ހުށަހަޅާފައިވާ ނުކުތާތައް، ޕްރޮފެޝަނަލް ތަޖްރިބާ ތަކާބެހޭގޮތުން ވިސްނުން، ތަފާތުގިނަ އެއްޗެތި ކިޔުން،ތަޢުލީމީ ބައްދަލުވުންތައް، ރިޢާޔަތް ކުރުމާއި ހުށަހެޅަންއެނގުން،
ފުރިހަމަ ކްރައިޓީރިއާ (implicit)
ދިރާސާކޮށް، އެއްކޮށް، ނަތީޖާ ވަޒަންކޮށް ގޮތްތައް ކނަޑައަޅާ، ވޭތުވެދިޔަ ކަންކަމަށް ވިސްނުން ހިންގާ، ތިއަރީ އާއި އެއްގޮތަށް ކަންކުރާގޮތް ދެނެގަންނަފަދަ ލިންކްސް އެނގުން. ޢާންމު ގޮތެއްގައި ސަމޭޓިވް ނުވަތަ ފޯރމޭޓިވް ފަދަ ޚާއްސަ ބޭނުމަކަށް، އެއްކުރެވިފައިވާ ދަރިވަރުގެ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ފާހަނގަކޮށް އެކުއްޖެއްގެ ކުރިއެރުން ދެއްކުމުގެ ގޮތުން އެނގިފައިވާ އެއްޗެއް ނުވަތަ ކަމެއްކުރާނެގޮތް ދެއްކުން.
ފަރުވާތެރި ކަމާއެކު އަމިއްލައަށް ވަޒަން ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމާއި، އެކަމުގައި އުނގެނުމުގެ ގޮތްތަކާއި އެކެއްގެ ކުރިއެރުމުގެ ފެންވަރު ނުވަތަ ހާސިލް ވެފައިވަ މިންވަރު ވަޒަންކުރުން ހިމެނެއެވެ.
އިތުރުމިސާލު ބެއްލެވުމަށް  http://www.ilc.edu.hk މި ލިންކް ބައްލަވާ ލައްވާ
ޕޯޓްފޯލިއޯ އުފެއްދުމުގެ ޕްރޮސެސް
އުނގެނުން ކުރިއަށް ދިއުމުގައި ހިމެނޭ ކަންތައްތަކާއި ވަކި ހާލަތެއްގައި ހުންނަފެންވަރެއް ކަނޑައެޅުން ބިނާވަނީ ވަކި ފަރުދަކަށް އެނގިފައިވާ އެއްޗެއްގެ މައްޗަށެވެ. މިގޮތުން އެގިގެންދާނީ އެކުގައިއުޅޭ މީހުންނާއިއެކު ބާއްވާ މަޝްވަރާތަކާއި ހަނދާނަށް ގެނައުންތަކާއި، ޓީޗަރުންނާއި ކިޔަވާދޭ މީހުންނާއިއެކު ގެންދަ ބަސްދީގަތުމުގެ ތެރެއިނނާއި، ދެކެވޭ މުހިންމު ވާހަކަ ތަކުގެ ތެރެއިންނާއި، އެމީހަކުގެ އުނގެނުން ދެއްކުމަށް ކުރިއަށް ގެންދާ ޕްރެޒެންޓޭޝަންފަދަ ކަންތައްތަކުގެ ތެރެއިންނެވެ.
ޕޯޓްފޯލިއޯ އުފައްދާއިރު، ކުދިންގެ ކުރިއެރުން ދައްކުވައިދޭ ލިޔެކިޔުންތައް، އަމިއްލައަށް ވަޒަންކުރި ވަޒަންކުރުންތައް، ތައްޔާރުކުރާ ތަކެތި ތައްޔާރުކުރި ގޮތް އަންގައިދޭ ހުރިހައި އެއްޗެއް، އުނގެނުމުގެ ތަޖުރިބާއާއި، ގޮތްތަކާއި އުނެގުނުމަށް ހިއްވަރު ލިބުނުގޮތް ވަޒަންކުރި ކުރުންތައް ހިމަނަންޖެހެއެވެ. (ކްލެނޯސްކީ، 2002)
·         ޕޯޓްފޯލިއޯގެ ބޭނުމާއި، ޕޯޓްފޯލިއޯ ވަޒަންކުރާނެ މިންގަޑުތަކާއި ގައިޑްލައިން އޮޅުންފިލުވާދިނުމުން، ޕޯޓްފޯލިއޯއަށް ލާނެ މަސައްކަތްތައް އިޚްތިޔާރު ކުރަން ދަރިވަރަށް ފަސޭހަވެގެންދެއެވެ.
·         ވަޒަންކުރުމުގެ ކަންތައްތަކުގައި ކުދިން ބައިވެރިކޮށް،ކުދިންނަށް އުނގެނިފައިވަ އެއްޗެއް ވަޒަންކުރުމަށް ކުދިންގެ އަމިއްލަ ވަޒަންކުރުން މުހިއްމުކަމާއި، ހާސިލްވި އެއްޗެއް ހާސިލްވީ ކިހިނެތްކަން ބުނެދިނުމަކީ ކިހާ މުހިއްމުކަމެއްކަން ކުދިންނަށް ވިސްނާދިނުމުން ، ކުދިންނަށް އެދެވެނީ ވަޒަންކުރުމުގައި އަގުކުރެވެނީ ކޮންކަންތައްތަކެއްކަން އަންގައިދޭ މެސެޖެކެވެ.
·         އުނގެނުން ކުރިއަރާގޮތްތައް ޕްރޮމޯޓް ކުރެވޭނީ އެުނގެނުމާއި އުނގަންނައިދިނުމާއި، މުގައްރަރާި ވަޒަންކުރުން ގުޅުވައިގެންނެވެ.
·         ޕޯޓްފޯލިއޯ އުފެއްދުމުގައި އަމިއްލައަށްވަޒަންކުރުމާއި، ބޭނުންތެރި ވަހަކަ ދެއްކުމާއި، ވެފައިހުރި ކަންތައްތަކަށް ވިސްނާ ފިކުރު ހިންގުންފަދަމުހިއްމު ކަންތައްތަކެއް އެކުލެވިގެންވެއެވެ.
·         ޕޯޓްފޯލިއޯ އުފައްދާއިރު، އުނގެނުމުގެ ކަންތައްތަކާއި، އެކަންތައްތަކާއި ގުޅޭ އުނގަންނައިދިނުމުގައި ބޭނުންކުރި ގޮތްތައް ގުޅުވާލުމުން، ދަސްކުރަނީ ކީއްވެ، ކިހިނެތް، ކޮންތާކު، ކޮންއިރަކުފަދަ ކަންކަން އުނގެނުން ކުރިއެރުވުމަށް އެހީތެރވެދޭ އެމީހެއްގެވިސްނުމާއި ފިކުރާއި މެދު އިތުރަށް ވިސްނުމުގެ ގާބިލްކަން ނުވަތަ މެޓަކޮގްނިޓިވް ޑެވެލޮޕްމަންޓް އިތުރުވާނެއެވެ.
އުނގެނުމަށާއިވަޒަން ކުރުމަށް ޕޯޓްފޯލިއޯ ބޭނުންކުރުން
ދިމާވާ މުހިއްމު މައްސަލަތަކާއި، ގޮންޖެހުންތަކަކީ ކޮބާ؟
ސަމޭޓިވް ބޭނުންތަކަށް ޕޯޓްފޯލިއޯ
ޕޯޓްފޯލިއޯ ހެދުމުގައި ވިސްނަންޖެހޭ ކަންތައްތައް
·         ވަގުތު ރަގަޅު ގޮތުގައި ބޭނުންކުރެވޭ
·         ފަސޭހައިން ބެލެހެއްޓޭ
·         އަގުބޮޑެއްނޫން
·         ވަޒަންކުރަން ކަނޑައެޅި އެއްޗެއް ފުދޭ ވަރަކަށް ވަޒަންކުރެވޭ. ބަރޯސާވެވޭ (ރިލައަބަލް)
·         ބޭނުންކުރާގޮތް އެއްގޮތެއްގައި ހިފެހެއްޓުން (ގައިޑްލައިނެއް އޮތުން)
·         ގްރޭޑް ދިނުމުގައި އެއްގޮތެއްގައި ހިފެހެއްޓޭ
·         ސްޓޭންޑަރޑް ނުވަތަ ފެންވަރު ހިފެހެއްޓޭ
·         ސަމޭޓިވް ބޭނުންތަކަށް ޕޯޓްފޯލިއޯ ބޭނުންކުރާއިރު ވަޒަންކުރުމާއި މޮނިޓަރ ކުރުން ރަސްމީކޮށް ގެންދިއުމަށް، ތަފްސީލުކޮށް ކަނޑައަޅަންޖެހޭ ތިރީގައި މިވާ ދެކަން ބޭރުގެ އެޖެންސީއަކުން ނުވަތަ ހުއްދަލިބިފައިވާ ގައުމުގެ ތަނަކުން ނުވަތަ ތައުލީމީ މުއައްސަސާއަކުންކަނޑައެޅުން
·         ސްޓޭންޑަރޑް ނުވަތަ ފެންވަރު
·         ކިޔަވައިދޭ ބައިތައް ނުވަތަ ކޮންޓެންޓް
ރިލައަބިލިޓީ ޔަގީން ކުރުން
·         ކުރިންބޭނުންކޮށްޓެސްޓް ކޮށްފައިވާ ސްކޯ ކުރުމުގެ ގައިޑްލައިނެއް ލިޔުމުން އޮތުން
·         ކަނޑައެޅިފައިވާ ވަކި މިންގަނޑެއްނުވަތަ ކްރައިޓީރިއާއެއްއޮތުން
·         ހޯދާ ޕޮއިންޓްތައް ލިބުނުގޮތުގެ ކުރު ތަފްސީލެއް އޮތުން
·         ޕޯޓްފޯލިއޯ މާކް ކުރާ މީހުންނަށް އެކަށީގެންވާ މިންވަރަށް ތަމްރީންދީ ފީޑްބެކްދީފައިވުން
·         ކުރިން ލިބުނު މާރްކްސް އާއި މާރްކް ކުރާ ތަފާތު އެހެން މީހުން ދޭ މާކްސްއެއްގޮތްވުން
·         (http//:www.eddept.wa.edu.au/mse/materials.html) ބައްލަވާ
·         ޕޯޓްފޯލިއޯ ހަދަމންދާއިރު ދޭތެރެ ދޭތެރއިން ރިލައަބިލިޓީ ޗެކް ކުރުން
·         ބޭނުންވާނަމަ އިތުރަށް ތަމްރީން ދިނުން
·         އެކަށީގެންވާ ރިލައަބަލް ޑާޓާ ނުވަތަ މަޢުލޫމާތު ހޯދޭނެ އިންތިޒާމް ހަމަޖެއްސުން (ފޯސްޓަރ އަދި މާސްޓަރސް، 1996:43)
އުނގެނުމަށާއިވަޒަން ކުރުމަށް ޕޯޓްފޯލިއޯ ބޭނުންކުރުން
އުނގެނުމަށާއިވަޒަން ކުރުމަށް ޕޯޓްފޯލިއޯ ބޭނުންކުރުމުން ދިމާވާމައްސަކަ ތަކަކީ ކޮބާ؟
މައްސަލަތަކާއި ގޮންޖެހުންތައް
ވަޒަންކުރުމަށްޓަކައި ޕޯޓްފޯލިއޯ ފަރުމާކޮށް، ތައްޔާރުކޮށް، ތަންފީޒު ކުރުމުގައި ކުރިމަތިވާ މައްސަލް ތަކާއި ގޮންޖެހުންތައް ކުރިމަތިވަނީ ތިރީގައި މިވަކަންކަމުގެ ސަބަބުންނެވެ.
·         ބޭނުން ނުހިފޭ ޕޮލިސީ ނިންމުންތަކުން
·         މަފްހޫމް އޮޅުންއެރުން
·         ޓެކްނިކަލް މައްސަލަތަކުން
·         ޖިސްމާނީ ނުވަތ އިޖުތިމާއީ އުދަގުލެއްގެ ސަބަބުން
ޕޯޓްފޯލިއޯ ފަދަ އާ ވަޒަންކުރުމުގެ ގޮތްތަކުން އުފެދޭމައްސަލަތައް ގުޅިފައިހުންނަނީ ތިރީގައި މިވާ ކަންކަމާއެވެ.
·         ވަޒަންކުރާ މަގްސަދާއި ވަޒަންކުރާ އެއްޗަކާއި ދިމާނުވުން
·         މުގައްރަރު ފަރުމާކޮށްފައިވާގޮތުން
·         ކިޔަވައިދިނުމުގައި ބޭނުންކުރާގޮތްތަކުގެ ސަބަބުން
·         ވަޒަންކުރުމުގެ މަގްސަދާއި ގޮތްތަކާއިބެހޭގޮތުން ޢާންމުކޮށް މީހުންނަށް އެނގިފައިވާ އެއްޗެއްގެ ސަބަބުން ޕޯޓްފޯލިއޯ ކާމިޔާބު ކަމާއެކު ބޭނުން ކުރުމަށް ހުރަސް އެޅެއެވެ. އެއީ ޕޯޓްފޯލިއޯއާއި ގުޅިފައިވާ އުގެނުމާއި އުގަންނައިދިނުމުގެ ކަންތައް ގެންދަންވީ ގޮތަށް ނޫންގޮތަކަށް ގެންދެވިގެންނެވެ.
·         ޕޯޓްފޯލިއޯއަށް ލާނެ މަސައްކަތްތައް އިޚްތިޔާރު ކުރުމަށް ކުދިންނަށްއެހީވެދިނުމަށް، އުގަންނައިދދިނުން ވަކި ގޮތަކަށް ބައްޓަންކޮށް، ބިނާކުރަނިވި ގޮތަކަށް މަސައްކަތްތަކާ ދޭތެރޭ ވިސްނުމަށް ބޭނުންވާ ވިސްނުމުގެ ޕްރޮސެސް ތަރައްގީކުރުމަށް އެހީތެރިވެދޭން ޖެހެއެވެ.
ޕޯޓްފޯލިއޯ ވަޒަންކުރާއިރު ދިމާވެދާނެ ޓެކްނިކަލް މައްސަލަތަކަކީ؛
·         ވަޒަންކުރުމުގެ ނަތީޖާ ތަރުޖަމާކުރާއިރު އަސްލުނުގެއްލޭނެހެން މާނަކުރުން
·         ނަތީޖާ އެނެމެންގެ މައްޗަށް ޢާންމުކުރުން
·         ރިލައަބިލިޓީ
·         ވަސީލަތްތައް
ޕޯޓްފޯލިއޯ ވަޒަންކުރާއިރު ވެލިޑިޓީއަށް ދިމާވެދާނެ ގޮންޖެހުންތައް
·         ޕޯޓްފޯލިއޯ ވަޒަންކުރާއިރު މުހިއްމު ބައެއް މިންގަނޑުތައް ނުވަތަ ކްރައިޓީރިއާ ނުހިމެނުން
·         ވަޒަންކުރުމަށް ބޭނުންކުރާ ގައިޑްލައިންގައި ބޭނުންނެތް ނުވަތަ ވަކި ޚާއްސަ ކްރައިޓީރިއާއެއް ނެތުން
އުނގެނުމަށާއިވަޒަން ކުރުމަށް ޕޯޓްފޯލިއޯ ބޭނުންކުރުން
ޕޯޓްފޯލިއޯ އާއިބެހޭ ގައިޑްލައިންގައި އެ ބޭނުންކުރުމާބެހޭގޮތުން ހިމަނާނީ ކޮން ލަފައެއް؟
އުނގެނުމަށާއިވަޒަން ކުރުމަށް ޕޯޓްފޯލިއޯ ތަންފީޒުކުރުން
·         ޕޯޓްފޯލިއޯގެ ބޭނުން ވިސްނާށެވެ.
·         ހާސިލްކުރަން ބޭނުންވާ އަމާޒުތައް ނުވަތަ ލަނޑުދަނޑިތައް ކަނޑައަޅާށެވެ. އަދި ޕޯޓްފޯލިއޯ ބޭނުންކޮށްގެން އެ ލަނޑުދަނޑިތައް ހާސިލް ކުރެވޭނީ ކިހިނެތްތޯ ބަލާށެވެ.
·         ޓީޗަރުންނާއި ކުދިންނާއި ގުޅިގެން ޕޯޓްފޯލިއޯގައި ހުންނާނެ ބައިތައް ކަނޑައަޅާށެވެ.
·         އަމިއްލައަށް ވަޒަންކުރުމަށް ކުދިންނަށް ވަގުތާއި ފުރުސަތު ދޭށެވެ.
ޕޯޓްފޯލިއޯ އުފެއްދުމުގެ ޕްރޮސެސް
·         ކުދިން ތަރައްގީ ކުރަންޖެހޭ ހުނަރުތަކުގެ ދާއިރާ ފާހަގަކުރާށެވެ.
·         ހުނަރުތަކުގެ ދާއިރާތަކުން ކުދިންނަށް ހާސިލްކުރުވަން ބޭނުންވާ ލަނޑުދަޑިތައް ތައްޔާރު ކުރާށެވެ.
)ކުދިންނަށް ހާސިލްވާނެ ކަމަށް ކަނޑައެޅި މިންވަރު (އައުޓްކަމް) ހާސިލްވިތޯ ބެލުމަށް ފާހަގަ (އިންޑިކޭޓަރ) ތަކެއް ކަނޑައަޅާ، ކުދިންގެ ފަރާތުން ފެންނަންޖެހޭ ހެކިތައް ކަނޑައަޅާށެވެ. 
·         ކަނޑައެޅި މަގްސަދު ހާސިލު ވެއްޖެކަން އަނަގައިދޭ ފާހަގަތައް ކަމަށްވާ، ކުދިންގެ ފަރާތުން ފެންނަންޖެހޭ ހެކިތައް އެއްކުރާށެވެ.
·         މިހެކިތައް ޕޯޓްފޯލިއޯގައި ފެންނަގޮތަށް ބަހައްޓާށެވެ. އެއިރުން އެހެކިތައް ކޮންމެ ފާހަގަ (އިންޑިކޭޓަރ)  އަކާއި ގުޅެނީ ކޮން ކޮގަކުންތޯ، ވަޒަންކުރާ ފަރާތްތަކަށް ފަސޭހައިން އެގިގެންދާނެއެވެ.
(http://www.eddept.wa.edu.au/deo/goaldfield/curriculum/assessment)
ޕޯޓްފޯލިއޯ ބޭނުންކުރުމުގެ ގައިޑްލައިންގައި ހިމެނެނީ:
·         ޕޯޓްފޯލިއޯ ތަޢާރަފްކޮށް ތަންފީޒް ކުރާނެގޮތުގެ ލަފާ
·         ޕޯޓްފޯލިއޯގެ އޮނިގަނޑު
·         ޕޯޓްފޯލިއޯ ބޭނުންކުރާނެގޮތް ލިޔެފައިވާ ގައިޑްލައިންގައި ހިެމެނޭ އުނގެނުމުގެ މަގްސަދުތައް  ހާސިލްކުރުމަށް ބޭނުންކުރވިދާނެ އެކަށޭނަ ހެކިހޯދާނެ ގޮތުގެ ލަފާ
·         އަމިއްލައަށް ވަޒަންކުރުމާއި މަސައްކަތްތަކާމެދު ވިސްނުން ބަހައްޓަންވީ ގޮތުގެ ލަފާ
·         ޕޯޓްފޯލިއޯ ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑު ނުވަތަ ކްރައިޓީރިއާ
·         ގްރޭޑް ދެވޭނެ ގޮތުގެ ތަފްސީލްތައް
·         ފެންވަރު ނުވަތަ ސްޓޭންޑަރޑް ދައްކުވައިދޭ މިސާލުތައް
ގްރޭޑް ދިނުމާއި ރިޕޯޓް ކުރުން
ގްރޭޑް ދެނީ ކީއްވެ؟
·         ކުދިންގެ ކުރިއެރުން ނުވަތަ ހާސިލްވާ މިންވަރު އިތުރު ކުރުމަށް އެހީވުމަށް
·         ބެލެނިވެރިންނަށް ކުދިންގެ ކުރިއެރުން ނުވަތަ ހާސިލްވާ މިންވަރު އެގެން ބޭނުންވޭ
·         ކުދިންގެ ދެރަ ނުވަތަ އިތުރު އެހީ ބޭނުންވާ ދާއިރާތަކާއި، މޮޅު ނުވަތަ ހާސިލްވެފައިވާ ދާއިރާތައް ކުދިންނަށް އެނގިގެން ދިއުމަށް އެހީތެރވެދޭ
·         ރަގަޅަށް ކުރަންޖެހޭގޮތަށް ކުރެވިއްޖެނަމަ، ދެވޭ ގްރޭޑާއި ކުދިންގެ ކުރިއެރުމާބެހޭ ރިޕޯޓަކީ ޓީޗަރުން އެމީހުންނަށް އުނގަންނައިދިނުމުގައި ރަގަޅު ކުރަންޖެހޭ ދާއިރާ ފާހަގަކުރެވިދާނެ ނުވަތަ ލެސަން ޕްލޭން އިތުރަށް މުތާލިޢާ ކުރުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ.
ގްރޭޑް ދެވޭ ތިންގޮތް
ޘަގާފީ ގޮތެއްކަމަށްވާ އަކުރު ބޭނުންކޮށްގެން ގްރޭޑް ދިނުން
-          A, B, C, D, E, F ނުވަތަ ނަންބަރު 100، 89، 75، 65 ފަދަ..
-          ބޭނުންކުރަން ފަސޭހަ، ސާދާ ގްރޭޑްތައް ފާހަގަ ކުރަން ފަސޭހަވޭ
-          ހަމައެކަނި ގްރޭޑް ދިނުމުގެ ދެރަ ކަންކަމަކީ؛
·         ކުދިންގެ ހިއްވަރު އެކުގައި ލައިގެން، މައްސަކަތުގެއާދަތަކާއި، ރަގަޅު އުޅުން ފާހަގަ ނުކުރެވޭ
·         ކުދިންނަށް ދެވޭ ގްރޭޑް އެކި ޓީޗަރުން މާނަކުރަނީ އެކިގޮތަށް
·         ކުދިންގެ ދެރަ ނުވަތަ އިތުރު އެހީ ބޭނުންވާ ދާއިރާތަކާއި، މޮޅު ނުވަތަ ހާސިލްވެފައިވާ ދާއިރާތައް ގްރޭޑް ދިނުމުން ފާހަގަ ނުވެއެވެ.
ފާސް/ފޭލް ނިޒާމް
·         ދެ ގިންތި: ފާސް ނުވަތަ ފޭލް
·         ދަސްވަރިވަރުންނަށް ދަސްވެފައިވަނީ ކިހާމިންވަރެއްކަމެއް އަންގައިނުދެއެވެ.
·         ކުދިން  އެއްޗެއް އުނގެނުމުގެ ބަދަލުގައި، ހަމައެކަނި ފާސްވަން ކިޔަވަފާނެއެވެ.
·         ކުދިންގެފަރާތުން ފެންނަން އެދެވެނީ ވަކި ދާއިރާއަކުން އުނގެނިފައިވާ ބައިތަކެކެވެ.
މަގްސަދު ތަކުގެ ޗެކްލިސްޓް
ކުއަޖަކު ކުރާމަސައްކަތުގެފެންވަރަށްބަލައިގެން ކެކްލިސްޓުގައި ފާހަގަކޮށް، އެމަސައްކަތަށް ގްރޭޑެއް ދެވެއެވެ.
މިސާލަކަށް؛ ކިޔުން
·         ކިޔަނީ ރަގަޅަށް ދޭހަވެގެން
·         އާބަސްތަކުގެ މާނަބަލާ އެބަސްތައް ބޭނުންކުރޭ
·         އެހެންކުދިންނަށް ރަގަޅަށްކިޔާދޭ
·         އުފަލަކަށް އަމިއްލައަށް ކިޔާ
ދެން ތިރީގައިމިވާ ގޮތަށް ޓީޗަރު އަކުރެއް (ގްރޭޑެއް) ކޮންމެ މަސައްކަތަކަށް ދޭ
-          O  - ވަރަށް މޮޅު ((outstanding
   -    Sފުދޭ ((Satisfactory
   -  N - އިތުރު އެހީ ބޭނުންވޭ) (Needs improvement
ނުވަތަ
-  P - ގާބިލް ((Proficient
-  PP - ކޮންމެވެސް ވަރަކަށް ގާބިލް ((partially proficient
-  N - އިތުރު އެހީ ބޭނުންވޭ) (Needs improvement
 އެއްގޮތަށްވުރެ ގިނަގޮތަށް ގްރޭޑް ދިނުމުގެ ނިޒާމް
·         އެއްގޮތަށްވުރެ ގިނަގޮތަށް ގްރޭޑް ދިނުމުގެ ނިޒާމްގައި ބޭނުންކުރަނީ އިހުޒަމާނުގައި ބޭނުންކުރި އަކުރާއި ނަންބަރު ދިގެން ގްރޭޑްދިން ނިޒާމާއި، މިނިޒާމާއެކުބޭނުންކުރާ ޗެކްލިސްޓް ނިޒާމެވެ.
·         މީގެ މާނައަކީ ދެވައްތަރެއްގެ ގްރޭޑެއް ދެވޭނެކަމެވެ. އެއް ގްރޭޑް ދެވެނީ އެކުއްޖަކަށްހާސިލްވި މިންވަރަށެވެ. އަނެއް ގްރޭޑް ދެވެނީ ކުރި ހިއްވަރަށާއި، ކުރިއެރުމަށް ނުވަތަ ހެދިބޮޑުވުމަށެވެ.
·         އެއްގޮތަށްވުރެ ގިނަގޮތަށް ގްރޭޑް ދިނުމުން ކުދިންނަށް ގްރޭޑް ދިނުމަށް ޓީޗަރުންނަށް ފަސޭހަވެއެވެ.
އެއްގޮތަށްވުރެ ގިނަގޮތަށް ގްރޭޑް ދިނުމުގެނިޒާމް ތައްޔާރު ކުރުމުގެ ގައިޑްލައިން
1.  ގްރޭޑް ދިނުމާއި ރިޕޯޓް ކުރުމުގެ ނިޒާމް ތައްޔާރު ކުރަންވާނީ ހާސިލްކުރަން ބޭނުންވާމަގްސަދު ހާސިލްވާނެ ފަދަ ގޮތަކަށެވެ.
2. ގްރޭޑް ދިނުމާއި ރިޕޯޓް ކުރުމުގެ ނިޒާމް ތައްޔާރު ކުރަންވާނީ ބެލެނިވެރިންނާއި ދަރިވަރުންނާއި، ސްކޫލުގެ މީހުންނާއި ގުޅިގެން މަސައްކަތް ކޮށްގެންނެވެ.
3. ގްރޭޑް ދިނުމާއި ރިޕޯޓް ކުރުމުގެ ނިޒާމް ބިނާކުރަންވާނީ ތަޢުލީމީ ގޮތުން ހާސިލް ކުރަން ކަނޑައަޅާ ސާފު މަގްސަދު ތަކެއްގެ މައްޗަށެވެ.
4. ގްރޭޑް ދިނުމާއި ރިޕޯޓް ކުރުމުގެ ނިޒާމް ވާންވާނީ ސްކޫލުގެ ފެންވަރު ނުވަތަ ސްޓޭންޑަރޑް އާއި އެއްގޮތަށްހެދިފައިވާ ނިޒާމަކަށެވެ.
5. ގްރޭޑް ދިނުމާއި ރިޕޯޓް ކުރުމުގެ ނިޒާމް ބިނާކުރަންވާނީ އެކަށޭނަ ވަޒަންކުރުމުގެ ނިޒާމެއްގެ މައްޗަށެވެ.
6. ގްރޭޑް ދިނުމާއި ރިޕޯޓް ކުރުމުގެ ނިޒާމް ވާންވާނީ ކުދިންނަށް ދިމާވާ ދަތިކަންތައްތައް ފާހަގަ ކުރެވޭފަދަ ތަފްސީލީ، އެކަމަކު ބޭނުނކުރަން ފަސޭހަ އެއްޗަކަށެވެ.
7. ގްރޭޑް ދިނުމާއި ރިޕޯޓް ކުރުމުގެ ނިޒާމުން ބެލެނިވެރިންނާއި ޓިޗަރުން ބާއްވާ ބައްދަލުވުންތަކަށް މައުލޫމާތު އެއްކުރެވެން ވާނެއެވެ.
   އަކުރު ބޭނުންކޮށްގެން ގްރޭޑް ދިނުން
ޓީޗަރުން ގަބޫލު ކުރާގޮތުގައި ކުދިންނަކީ ވަރަށް ގާބިލް ބައެކެވެ. އެ ކުދިންނަށްގްރޭޑް ދޭންވާނީ އެކުދިންނަށް ހާސިލް ވެފައިވާ މިންވަރަށް ބަލައިގެންނެވެ. އެހެންނަމަވެސް އެހާ ގާބިލް ނޫންކުދިންނަށް އެކުދިންނަށް ހާސިލްވި މިންވަރުގެއިތުރުން، އެކުދިންގެ ހިއްވަރުވެސް ބަލައިގަންނަނަވާނެ ކަމަށް ޓީޗަރުން ގަބޫލު ކުރެއެވެ.
އުނި ކަންތައް....
މަތީގައި ދެންނެވުނު ގޮތަށް ޓީޗަރުން ދެކޭ ދެކުމުގައި އުނި ކަންތައްތަކެއް ވެއެވެ.
-          މުޅިން ނުވާނެ ކަމެއްނޫން ނަމަވެސް، ޓީޗަރަށް ކުއްޖެއްގެ ހިއްވަރު ނުވަތަ އެކުއްޖެއްގެ ގާބިލްކަން ވަޒަންކުރުމަކީ އުދަގޫ ކަމެކެވެ.
-          ކިތަންމެ ރަގަޅުޓެސްޓަކުންވެސް ކުއްޖެއްގެގާބިލް (އެޕްޓިޓިއުޑް) ކަމާއި،  ހާސިލްވި މިންވަރުތަފާތުކުރުމަކީ އުދަގޫ ކަމެކެވެ. ސަބަބަކީ އެދެކަންވެސް ބަރޯސާވަނީ އުނގެނިފައިވާ އެއްޗަކަށް ކަމަށްވާތީއެވެ.
-          ތަފާތު ކުދިންނަށް ތަފާތު ގްރޭޑްތައްދިނުމުން ބައެއްކުދިންނަށްވުރެ ބޮޑަށް ގާބިލް ކުދިންނަށް ވިސްނިގެންދާނީ ނުވަތަ ލިބިގެންދާނެ މެސެޖަކީ އެއީ އެހާ އިންސާފުވެރި ގޮތެއްނޫން ކަމެކެވެ.
ވެލިޑިޓީ
·         ދެވޭ ގްރޭޑް ތައް ވާންވާނީ ސައްހަ ނުވަތަ ވެލިޑް ގްރޭޑް ތަކަށެވެ. ދެވޭ ގްރޭޑް ވާންވާނީ ޓީޗަރު ކަނޑައަޅާފައިވާ މަގްސަދުތަކަށް ބިނާގޮތް ދެވޭ ގްރޭޑަކަށެވެ.
·         ވަކި ގްރޭޑެއް ހޯދުމަށް ކުރަންޖެހޭ ކަންކަންވަރަށް ރަގަޅަށް އެގޭނެފަދަ ގައިޑްލައިނެއް ކުދިންނަށް ލިބެން ހުންނަންވާނެއެވެ.
·         މިގޮތުން ކުދިންނަށް އެލިބުނު ގްރޭޑަކީ ކޮން ގޮތަކުން ލިބުނު ގްރޭޑެއްކަން ކުދިންނަށް އެގިގެންދާނެއެވެ.
ހަރުދަނާ ކަމާއެކު ގްރޭޑް ދޭނެ ގައިޑްލައިން
1.      ކިޔަވާދިނުމުގެ ކުރިން ގްރޭޑް ދޭނެ ގޮތްތައް ކުދިންނަށް އޮޅުން ފިލުވައިދޭށެވެ.
2.      ކޯހުގައި ދެވޭގްރޭޑަކީ ހަމައެކަނި ހާސިލްވާމިންވަރަށް ބަލައި ދެވޭ ގްރޭޑޭއްކަން ކުދިންނަށް ސާފު ކޮށްދޭށެވެ.
3.      ކުދިންގެހިއްވަރު، މަސައްކަތް ކުރުމުގެ ވައްޓަފާޅި، އަދި އަމިއްލަ-އިޖުތިމާޢީ ޝަޚުސިއްޔަތުތައް ރިޕޯޓް ކުރާނެގޮތް ކުދިންނަށް އޮޅުން ފިލުވައިދޭށެވެ.
4.      ގްރޭޑް ދޭ ގޮތްތަކާއިކަނޑައަޅާފައިވަ އުނގެނުމުގެ މަގްސަދުތަކާއި ގުޅުވަން ޖެހެއެވެ (މިސާލަކަށް، އުނގަންނައިދނުމަށް ކަނޑައެޅި އަމާޒާއި މަގްސަދު).
5.      ގްރޭޑް ދިނުން ބިނާ ކުރާނީ ސައްހަ ހެކިތަކުގެ ( މިސާލަކަށް، ޓެސްޓް، އެސެސްމަންޓް، ރިޕޯޓް، ނުވަތަ ރޭޓް ކުރާމިންގަނޑު) މައްޗަށެވެ.
6.      ޓެސްޓާއި އެހެނިހެން ވަޒަން ކުރުންތަކުގައި މަކަރު ހެދިޔަ ނުދިނުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.
7.      ޓެސްޓާއި އެހެނިހެން ވަޒަން ކުރުންތަކުގެ ނަތީޖާ ވީހާވެސްއަވަހަށް ކުދިންނަށް ދޭންވާނެއެވެ.
8.      ގްރޭޑް ވެސްހިމަނައިގެން ތަފާތު ވައްތަރުގެ ކުދިންގެ ކުރިއެރުންތައް އެކަށީގެންވާ ގޮތަށް ކިރާށެވެ.
9.      ކުއްޖަކަށް ހާސިލްވި އެއްޗަކަށް ދެވޭ ގްރޭޑެއް، އެކުއްޖެއްގެނުސާފު ކަމަށް ނުވަތަ ހިއްވަރު ކުޑަ ވުމުން ނުވަތަ ބަސްނޭހުމުގެ ސަބަބުން ދަށް ނުކުރާށެވެ.
10.  ހަމަހަމ ވާށެވެ. ޝައްކެއް ވާއިރު، ވަކި ކޮޅަކަށް ނުޖެހި ( ކިރިޔާ ފާސްވާ ގްރޭޑް ލިބުމުން) ހެކިތައް އަލުން ދިރާސާކުރާށެވެ. އެވަރުންވެސް ޝައްކުވާނަމަ ދެވެން އޮތް މަތީ ގްރޭޑް ދޭށެވެ.
ރިޕޯޓް ކުރުން
·         ބެލެނިވެރިންނަށް/ މައިންބަފައިންނަށް ސިޓީ ފޮނުވުން
·         ޕޯޓްފޯލިއޯ
·         ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުން
·         ޓެސްޓްގެ ނަތީޖާ މައިންބަފައިންނަށް ހުށަހެޅުން
ބެލެނިވެރިންނަށް/ މައިންބަފައިންނަށް ސިޓީ ފޮނުވުން
·         މިފަދަސިޓީގައި ވަރަށްދޫ ދިފައި ހުރެއެވެ.
·         މިފަދަ ސިޓީތަކުގައިހަމައެކަނި އަކުރު ނުވަތަ ނަންބަރެއް ގްރޭޑެއްގެ ގޮތުގައި ދީފައި ހުރުމަށްވުރެ ކުދިންނަށް ހާސިލްވެފައިވާ މިނަވަރާބެހޭ އިތުރު ތަފްސީލް ހުންނާނެއެވެ.
·         ކުދިންގެ ދެރަ ނުވަތަ އިތުރު އެހީ ބޭނުންވާ ދާއިރާތަކާއި، މޮޅު ނުވަތަ ހާސިލްވެފައިވާ ދާއިރާތައް މިސިޓީގައި ހިމެނިދާނެއެވެ.
·         މިފަދަ ސިޓީއަކުން ދިމާވެދާނެ މައްސަލަ ތަކުގެ ތެރޭގައި ވަގުތު ބޭކާރުވުން، މަޢުލޫމާތު ގޯސްގޮތަކަށް މާނަކުރުން، އިތުރުވަމުންދާ މަޢުލޫމާތު ފެންނަން ނެތުން.
  ޕޯޓްފޯލިއޯ
·         ކުދިންގެ މަސައްކަތްދައްކުވައިދޭ ވަކިބޭނުމަކަށް ހޮވާލެވިފައިވާ ތަކެތި
·         ހޮވާލެވޭމަސައްކަތްތަކުގެ ތެރޭގައި އެއް ދާއިރާއަކަށްވުރެ ގިނަ ތަފާތު ދާއިރާ ގެ މަސައްކަތް ހިމަނަން ޖެހެއެވެ.
·         މުޅި އަހަރު ތެރޭގައި ދަރިވަރުގެ ކުރިއެރުން ފެންނަ ފަދަ މަސައްކަތް ހިމަނަންވާނެއެވެ.
ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުން
·         ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުމަށް ރަގަޅަށް ތައްޔާރު ވާންޖެހޭނެއެވެ.
·         ބައްދަލުވުން ޕޮޒިޓިވް ގޮތަކަށް ފަށާށެވެ.
·         ކުދިންގެ ދެރަ ނުވަތަ އިތުރު އެހީ ބޭނުންވާ ދާއިރާތަކުގެ ވާހަކަ ދެއްކުމުގެ ކުރިން، ކުދިންގެ މޮޅު ނުވަތަ ހާސިލްވެފައިވާ ދާއިރާތަކުގެ ވާހަކަ ދައްކަން ފަށާށެވެ.
·         މައުލޫމާތު ހިއްސާކުރުމަށް ބެލެނިވެރިންނަށް ހިއްވަރު ދޭށެވެ.
·         ނަގަންޖެހޭ ފިޔަވަޅުތައް ރޭވުމުގައި ގުޅިގެން މަސައްކަތް ކުރާށެވެ.
·         ބައްދަލުވުން ނިންމާލާނީ ޕޮޒިޓިވްކޮށް އެއްޗެއް ބުނެލައިގެންނެވެ.
·         ބައްދަލުވުމުގައި ބެލެނިވެރިންނާއި ރަގަޅު ގުޅުމެއް އުފައްދާށެވެ.
ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުމުގައި ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތައް
ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުމުގައި ކުރަންވީ ކަންތައްތައް:
-          އެހާރަސްމީ ނުވެ، ރަހްމަތްތެރިގޮތަކަށް ބައްދަލުވުން ކުރިއަށް ގެންދާށެވެ.
-          ޕޮޒިޓިވް ވާށެވެ.
-          އޮޅުންފިލާނެގޮތަށް ބަސް ބޭނުންކޮށްގެން އޮޅުންފިލުވައިދޭށެވެ.
-          އަޑުއަހަން ތައްޔާރަށް ހުންނާށެވެ.
-          ބެލެނިވެރިންގެ ޝުޢޫރުތައް ބަލައިގަންނާށެވެ.
-          ލަފާ ދިނުމުގައި ވަރަށް ފަރުވާތެރި ވާށެވެ.
ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުމުގައި ނުކުރަންވީ ކަންތައްތައް
-          ރުޅި ނާންނާށެވެ. އަދި ޒުވާބު ނުކުރާށެވެ.
-          ކަންބޮޑުވެދާނެފަދަ ސުވާލުނުކުރާށެވެ.
-          އެހެން ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޓީޗަރުންގެ ވާހަކަ ނުދައްކާށެވެ.
-          ޖަވާބުނޭގޭނަމަ އެނގޭކަމަށް ހަދާ، ޖަވާބުދޭން ނޫޅޭށެވެ.
-          ބެލެނިވެރިންގެ ލަފާބޮލާލާ ނުޖަހާށެވެ.
-          ހުރިހާ ކަމެއް އެނގޭ ކަމަށް ނުހަދާށެވެ.
ސްޓޭންޑަޑައިޒް ޓެސްޓްގެ ނަތީޖާ ރިޕޯޓްކުރުން
·         ޓެސްޓުން ވަޒަންކުރަން އުޅޭ އެއްޗެއް ސިފަ ކުރާށެވެ.
-          ގާބިލްކަން ބަލާ ޓެސްޓާއި، އުނގެނުން ވަޒަން ކުރަން ދެވޭ ޓޭސްޓަށް  ވިސްނުންތޫނުކަން ދެނެގަނެވޭ ޓެސްޓް (އިންޓެލިޖެންްސް) ނުކުޔާށެވެ.
-          ގާބިލްކަން ބަލާ ޓެސްޓުން ބެލެނީ ކަޑައެޅިފައިވާ ވަކި ކަންތައްތކެއްކަން ބެލެނިވެރިންގާތު ނުބުނާށެވެ. އެފަދަ ޓެސްޓުން ބަލަނީ ނުވަތަ ވަޒަންކުރަނީ އުނގެނިފައިވާ ގާބިލިއްޔަތެވެ.
-          ޓެސްޓުން ސްކޫލުގައި ކުދިން ދަސްކުރާ އެއްޗެއް އެގެނީ ކިހާވަރަކަށް ކަން ބަލާ އެކަން ބެލެނިވެރިންނަށް އަންގާނެކަމަށް ބެލެނިވެރިންގާތު ނުބުނާށެވެ.
·         ޓެސްޓު މާރކް ކުރަނީ ކިހިނެތްކަމާއި ދަރިަވަރަށް ލިބުނު ނަތީޖާއިން ނުވަތަ ގްރޭޑުން ދައްކަނީ ކޮން އެއްޗެއްކަން ބެލެނިވެރިންނަށް ކިޔައިދޭށެވެ.
·         ޕަރސެންޓައިލް އާއި ޕަސެންޓޭޖަކީ ވަރަށް އޮޅުންއަރާ، ދޭހަކުރަން އުދަގޫ އެއްޗެކެވެ.
·         ދެވޭ ޓޭސްޓުގެ ފުރިހަމަކަން (އެކިއުރަސީ)ބެލެނިވެރިންނަށް އަންގަންވާނެ އެވެ.
·         ދަރިވަރުންނަށް ލިބުނު ނަތީޖާއިން ކުދިންނާމެދު އިތުރަށް ކަންތައް ކުރަންވީ ގޮތާމެދު ބެލެނި ވެރިންނާއި މަޝްވަރާ ކުރާށެވެ.

No comments:

Post a Comment