މި އެސައިމެންޓަކީ
ދެކުދިން ނުވަތަ ތިންކުދިންގެ ގުރޫޕުގައި ހެދުމަށް ހަވާލުކޮށްފައިވާ
ޕްރެޒެންޓޭޝަން މަސައްކަތެއް ފުރިހަމަކުރުމުގެ ގޮތުން ހަދާފައިވާ އެސައިމެންޓް
ޕްރެޒެންޓޭޝަނެކެވެ. މި މަސައްކަތް ކުރުމަށްޓަކައި ސުކޫލްގައި
ކިޔަވަމުންދާ އުނގެނުމުގެ ގޮތުން ދަށްކަމަށް ފާހަގަކުރެވޭ 4 ދަރިވަރުންނާ
ސުވާލުކޮށް، މި އެސައިމެންޓަށް މަޢުލޫމާތު އެއްކޮށްފައިވާނެއެވެ. އެގޮތުން
އެއްކޮށްފައިވާ މަޢުލޫމާތުތައް އެއްކޮށްފައިވާނީ ޕްރެޒެންޓޭޝަން ހެދުމަށް ގުރޫޕުގެ
ދެ ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ތައްޔާރުކޮށްފައިވާ ސުވާލުކަރުދާހެއް
ބޭނުނުންކޮށްގެން ދަރިވަރުންނާއި އިންޓަވިޔުކޮށްގެންނެވެ. މިގޮތުން ހޯދުނު
މަޢުލޫމާތުތައް ހޯދާފައިވާނީ ދަރިވަރުން އެންމެ
ކިޔަވާހިތްވާ މާއްދާއާއި އެންމެ ކިޔަވާހިތްނުވާ މާއްދާ ކިޔެވުމުގައި ކުރެވުނު
ތަޖުރިބާތަކާއި، މަޤުބޫލު އަދި މަޤުބޫލުނޫން މުދައްރިސްގެ ސިފަތައް ދެނެގަނެ،
ދަރިވަރުންގެ ކިޔެވުން ދަށްވާ ސަބަބު ދެނެގަތުމުގެ މައްޗަށެވެ.
މި އެސައިމެންޓް
ފަރުމާކޮށްފައިވާނީ ސުވާލުކޮށްގެން ހޯދުނު މަޢުލޫމާތުތަކާއޮ ތަޢުލީމީ ދާއިރާއާ
ބެހޭގޮތުން ހޯދާފައިވާ ހޯދުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ނަތީޖާ
ނެރޭއުސޫލުންނެވެ.
ހޯދުންތަކާއި
ޑިސްކަޝަން
ދަރިވަރުން
މާއްދާއަކަށް ޝަޢުޤުވެރިވުމާއި ކިޔެވުމަށް ދަށްވުން ބިނާވެފައިވަނީ ތަފާތު
ސަބަބުތަކެއްގެ މައްޗަށްކަމަށް މި ދާއިރާގެ ހޯދުންތަކުން ހާމަކުރައްވެއެވެ.
އޭގެތެރޭގައި:
1. މުދައްރިސްގެ ސުލޫކު
2. މުދައްރިސުންގެ ސިފަތައް
3. ދަރިވަރުންގެ ސުލޫކު
4. ދަރިވަރުންގެ ސިފަތައް
5. މުޤައްރަރު
6. ކުލާހުގެ ތަރުތީބުކަން
7. ވަގުތު
8. މަދަރުސާގެ ޕޮލިސީތައް
މަޤުބޫލު އަދި
މަޤުބޫލުނޫން މާއްދާ
ދަރިވަރުން
މާއްދާއަކަށް ޝައުޤުވެރިވަނީ އަދި ޝައުޤުވެރި ނުވަނީ ކީއްވެކަމާއިބެހޭގޮތުން
ތަފާތު ބޭފުޅުން ތަފާތު ރަޢުޔުތައް ހާމަކުރައްވާފައިވެއެވެ. ކޫނިން (1970)
ހާމަކުރައްވާގޮތުގައި ދަރިވަރުންނަށް ހަވާލުކުރެވޭ މަސައްކަތުގެ ސަބަބުންނެވެ.
ވިލިއަމް ގުލޭސަރ (1986) ބަޔާންކުރާގޮތުގައި ދަރިވަރުން ކިޔަވަންޖެހޭ
ކަރިކިޔުލަމަކީ ކިޔެވުމަށް އަސަރުފޯރުވާއެއްޗެކެވެ. މީގެއިތުރުން ކާންޓަރ (1976)
ބަޔާންކުރާގޮތުގައި، ކުލާސްރޫމްގެ އިންތިޒާމްކަމަކީ ދަރިވަރުންގެ ކިޔެވުމަށް
އަސަރުފޯރުވާ އެއްޗެކެވެ.
ދަރިވަރު
|
މަޤުބޫލު
މުދައްރިސް ކިޔަވައިދެއްވާ މާއްދާ
|
މަޤުބޫލު
ނޫން މުދައްރިސް ކިޔަވައިދެއްވާ މާއްދާ
|
1
|
އިސްލާމް
|
ކޮމްޕިއުޓަރ
|
2
|
އިނގިރޭސި
|
ކޮމްޕިއުޓަރ
|
3
|
ޓްރެވެލް
އެންޑް ޓުއަރިޒަމް
|
އިކޮނޮމިކްސް
|
4
|
ކޮމްޕިއުޓަރ
|
ކެމިސްޓްރީ
|
އެއްކުރެވުނު
މަޢުލޫމާތުން އެނގޭގޮތުގައި ދަރިވަރެއް ކިޔެވުމަށް ޝައުޤުވެރިކަމަށްބުނި
މާއްދާއެއް ދެ ދަރިވަރުން ޝައުޤުވެރިނޫންކަން ހާމަވެއެވެ. އެ ދެ ދަރިވަރުންނަށް
ކޮމްޕިއުޓަރު ކިޔަވައިދެއްވަނީ އެއް މުދައްރިސެކެވެ. އެހެންނަމަވެސް ސުވާލު
ކުރެވުނު އަނެއް ދަރިވަރަށް ކޮމްޕިއުޓަރު މާއްދާ ކިޔަވައިދެއްވަނީ ތަފާތު އެހެން
މުދައްރިސެކެވެ. އެހެންކަމުން މި މަޢުލޫމާތުން އެނގުނު ގޮތުގައި ދަރިވަރުންގެ
ޝައުޤުވެރިކަން ބިނާވަނީ މާއްދާއަށްވުރެ މާއްދާ ކިޔަވައިދެއްވާ މުދައްރިސެއްގެ
ކިޔަވައިދިނުމަށެވެ. ނުވަތަ ކިޔަވައި ދިނުމުގައި ބޭނުންކުރާ ވައްޓަފާޅިއަށެވެ.
ޕެވްލޯވް (1836-1949)
ފާހަގަކުރާގޮތުގައި، ވަކި ކަމަކާ ފޫހިވުމާއި ގަޔާވުމާއި ގުޅިފައިވާ ވަރަށް ގިނަ
ކަންކަން ހުރެއެވެ. މިގޮތުން އެންމެ ފާހަގަ ކުރެވެނީ އެ މާއްދާއަކާގުޅިގެން ކުރިން
ކުރެވިފައިވާ ހިތި ނުވަތަ ފޮނި ތަޖުރިބާއެވެ. އެގޮތުން ބަލާއިރު ސުވާލުކުރެވުނު
ކުދިންގެ ތެރެއިން ކޮމްޕިއުޓަރު މާއްދާ ކިޔަވަން ޝައުޤުވެރި ނޫންކަމަށްބުނި
ދަރިވަރުން އެގޮތަށް ބުނެފައިވަނީ ކުރިން އެ މާއްދާ ކިޔަވައިދެއްވި މުދައްރިސް ކިޔަވައިދިނުމުގައި
ބޭނުންކޮށްފައިވާ ވައްޓަފާޅިއަށް ފަހުން އައި މުދައްރިސް ބަދަލު ގެނައުމެވެ.
އެކުދިންގެ ވާހަކައިން އެނގުނު ގޮތުގައި މިހާރު އަންނަ މުދައްރިސަކީ ވަރަށްބޮޑަށް
ދަރިވަރުން ހިފަހައްޓައިގެން، އެއްވެސް މިނިވަންކަމެއްނެތި މަސައްކަތްތައް
ކުރުވުމަށް ބާރުއަޅާ މުދައްރިސެކެވެ. ކަންމިހެން އޮތްނަމަވެސް މި މާއްދާއަށް
ޝައުޤުވެރިކަމަށްބުނި ދަރިވަރުން އެމާއްދާއަށް ޝައުޤުވެރިވަނީ މާއްދާގައި
ޕްރެކްޓިކަލް ގަޑިތަކެއް އޮންނާތީކަމަށް ބުނެފައިވެއެވެ. މީގެއިތުރުން
އިކޮނޮމިކްސް އަކީ ބޮޑު ކޮންޓެންޓެއް ހިމެނޭ މާއްދާއެކެވެ. އަދި ލިޔުމުގެ ބަޔަށް
ވަރަށްބޮޑަށް މި މާއްދާ ބިނާވެފައިވެއެވެ. އެހެންކަމުން ކަރިކިޔުލަމް
ބައްޓަންވެފައިވާގޮތަކީވެސް ދަރިވަރުން މާއްދާއަކަށް ޝައުޤުވެރިވުމާއި ނުވުން
ބިނާވާ އެއްޗެއްކަން ހާމަވެއެވެ. ކުދިން ޝައުގުވެރިވާ ކަމަށް ބުނެފައިވާ އިސްލާމް
މާއްދާއަކީވެސް ބޮޑު ކޮންޓެންޓެއް ހިމެނޭ މާއްދާއެކެވެ. އެހެންކަމުން ކޮންޓެންޓާއި
ޝައުޤުވެރިކަމާ އޮންނަގުޅުމަކީ އަދި އެހެންގުޅުމެއްކަން ހާމަވެއެވެ. އެހެނީ ދަރިވަރުން
ހާމަކުރާގޮތުގައި އިސްލާމް ކިޔަވަން ޝައުޤުވެރިވަނީ ދީނަކީ
އިސްލާމްދީންކަމަށްވެފައި މި މާއްދާއިން ދީނީ ތަފާތު މަޢުލޫމާތުތައް ލިބުމެވެ.
ވުމާއެކު މާއްދާ ޝައުޤުވެރިވުމުގައި ތިމާ ޤަބޫލުކުރާގޮތުގެމައްޗަށް ބިނާވެއެވެ.
މި އެސައިމަންޓް
ހެދުމަށް ހޯދި މަޢުލޫމާތުތަކުން އެނގުނުގޮތުގައި ހުރިހާ ދަރިވަރުންވެސް ކިޔަވާ
މާއްދާތަކަކީ ބޭނުންތެރި މާއްދާތަކެއްގެ ގޮތުގައި ޤަބޫލުކުރެއެވެ. ކަންމިހެން
އޮތްނަމަވެސް މާއްދާއަށް ދަރިވަރުންގެ ޝައުޤުވެރިވުމާއި ނުވުން ބިނާވުމުގައި
ދަރިވަރުންނަށް މާއްދާ ކިޔަވައިދެއްވާ މުދައްރިސްގެ ދަޢުރު ބޮޑުކަން ވެސް ކުދިންގެ
ޖަވާބުތަކުން ހާމަވެއެވެ.
މާއްދާ ކިޔަވާހިތްވާ ސަބަބު
|
މާއްދާ ކިޔަވާހިތްނުވާ ސަބަބު
|
|
§
ކިޔަވައިދެއްވާ
މުދައްރިސްގެ ގޮތުން.
§
މުދައްރިސް
ކިޔަވައިދޭގޮތުން.
§
އެކުވެރި.
§
މާއްދާ
ޝައުޤުވެރި.
§
ޕްރެކްޓިކަލް
ކުލާސް އޮންނާތީ
|
§
ކިޔަވައިދެއްވާ
މުދައްރިސްގެ ގޮތުން.
§
މުދައްރިސް
ކިޔަވައިދޭގޮތުން.
§
ކިޔާ
އެއްޗެއް ނޭނގޭ.
§
އައި
ޓީޗަރެއްގެ ސަބަބުން.
§
މާއްދާ
ޝައުގުވެރި ނުވުން.
|
|
އިސްވެދެންނެވުނު ކަންކަމަށް
ރިޢާޔަތްކުރާއިރު ދަރިވަރުން މާއްދާއަށް ޝައުޤުވެރި ވުމާއި ނުވުން ކިޔަވައިދޭ
މުދައްރިސްގެ ކިޔަވައިދިނުމާއި މުދައްރިސާއި ދަރިވަރުންގެ ގުޅުން އަދި
ދަރިވަރުންގެ ޝައުޤުވެރިކަމާއި ގުޅުންހުރިކަމަށް ކުދިންގެ ޖަވާބުތަކުންނާއި
ތިއަރިސްޓުންގެ ތިއަރީތަކުން ހާމަވެއެވެ.
ދަރިވަރުން ގަޔާވާ އަދި ގަޔާނުވާ
މުދައްރިސް
ތޯމަސް ގޯޑަން (1974)
ޓީޗަރ އެފެކްޓިވްނަސް ޓްރެއިންގައި ބަޔާންކުރައްވާގޮތުގައި، ނޭދެވޭ ފީޑްބެކް، އެކަށީގެންވާ
ކިޔަވައިދެވޭ ގޮތްތައް ބޭނުންނުކުރުން، މާދަށްކޮށް ނުވަތަ މާމަތިން އުއްމީދުކުރުން،
ކިޔެވުމަށް ހުރަސްއެޅޭ މާހައުލެއް، އެކުގައި އުޅޭ ކުދިންގެ ނުފޫޒު، އެކަށީގެންވާވަރަށް
އިޖުތިމާޢީ ގުޅުން ނެތުމާއި ނޭދެވޭ ނަމޫނާތައް، މާ ފަސޭހަ ނުވަތަ މާ އުނދަގޫ މަސައްކަތް،
ބޭކާރު ކަމެއްގޮތުގައި ދެކުން، ފޫހި މަސައްކަތް އަދި އެއްވެސް ވަރަކަށް ސަމާލުކަން
ނުދިނުން ނުވަތަ ތަރުހީބު ނުލިބުމަކީ ދަރިވަރުން މުދައްރިސުންނާ ގަޔާނުވާ
ސިފަތަކުގެ ގޮތުގައި ބަޔާންކުރާ ސިފަތަކެވެ. މީގެއިތުރުން ކުދިންގެ އުޅުން
މާބޮޑަށް ކޮންޓްރޯލްކޮށް ބައްޓަން ކުރަން އުޅުމުން ކުދިން ޢާއްމުގޮތެއްގައި އެފަދަ
ކަންތަކަށް ދެކޮޅުހަދައެވެ. މި ކަންކަމުގެ ނަތީޖާއަކަށް ވެގެންދާނީ ކުދިން
މާއްދާއަށްދޭ ޝައުގުވެރިކަން ކުޑަވުމެވެ. އެގޮތުން ސުވާލުކުރެވުނު ދަރިވަރުންވެސްވަނީ
މިކަން މިގޮތަށް ފާހަގަކޮށްފައެވެ. ތިރީގައިވާ ތާވަލުގައި އެ ވަނީ ދަރިވަރުން
ގަޔާވާ މުދައްރިސާއި ގަޔާނުވާ މުދައްރިސްގެ ސިފަތަކުގެގޮތުގައި ބަޔާންކޮށްފައިވާ
ސިފަތަކެވެ.
ގަޔާވާ މުދައްރިސް
|
ގަޔާނުވާ މުދައްރިސް
|
|
§
ދަރިވަރުންބަލައިގަންނަ.
§
އެކުވެރި.
§
އެއްބާރުލުންދޭ.
§
އިޙުސާސްތައް
ދަންނަ.
§
ކުދިންނާ ގުޅިގެން
ކިޔަވައިދޭ.
§
ސާފުވާގޮތަށް
އޮޅުންފިލުވައިދޭ.
§
ތަފާތުކުރުން
ނުގެންގުޅޭ.
§
ހިތް ހެޔޮ.
|
§
އެނގޭވަރަށް
ކިޔައި ނުދިނުދޭ.
§
އިތުރު މަޢުލޫމާތު
ނުދިނުދޭ.
§
ރުޅިގަދަ.
§
ކިޔައިދޭ އެއްޗެއް
އޮޅުންނުފިލާ.
§
ގުޅިގެން މަސައްކަތް
ނުކުރޭ.
§
ވަޤުތު ބޭކާރުކުރޭ.
§
އެއްފަހަރާ ގިނައެއްޗެހިތަކެއް
ކިޔަވައިދޭ.
§
އެއްޗެތިކިޔާ.
§
ކުދިންގެ މެދުގައި
ތަފާތުކުރުން.
§
މޮޅެތިކުދިންނަށް
އިސްކަންދިނުން ދަށްކުދިންނަށް އިސްކަން ނުދިނުން.
|
|
ގޯޑަން (1974) ޓީޗަރ އިފެކްޓިވްނަސް ޓްރެއިނިންމޮޑެލްގައި
ބަޔާންކުރާގޮތުގައި އަދަބު ދިނުމާއި އިނާމު ދިނުމަކީ ކުދިންނަށް ރަގަޅު ގޮތުގައި
ނުފޫޒު ފޯރުވުމަށް އެހާހަރުދަނާ ގޮތްތަކެއްނޫނެވެ. އަދި ކުދިންނަށް ނުފޫޒު
ފޯރުވުމަކީ ކުދިން ކޮންޓްރޯލް ކުރުމާ މުޅިން ތަފާތު ކަމެކެވެ. އަދި ދެކޮޅުހެދުމާއި
ކުއްވެރިކުރުމަށް ބާރުއެޅުމާ، ބާރުގެ ބޭނުންކުރާ ގޮތްތައް ދޫކޮށްލަންޖެހެއެވެ. އޭގެ
ބަދަލުގައި ބޭނުން ކުރަންޖެހެނީ ކުދިން އަމިއްލައަށް އުޅެން ދަސްކޮށްދޭފަދަ
ގޮތްތަކެވެ. އެހެންނަމަވެސް ބައެއް މުދައްރިސުން ކަންކުރާގޮތުން ދަރިވަރުން، ރުޅިއައުން،
ކަންބޮޑުވުން، ދެކޮޅުހެދުން، އުދަގޫވުން އަދި ދެރަވުންފަދަ ކަންކަން ކުރެއެވެ.
ނަތީޖާއަކީ އެކުދިންނަކީ ގާބިލްނޫން ކުދިންކަމަށް ވިސްނި، ލަދުގަނެ، ތިމާގެ
އަމިއްލަ ނަފުސާމެދު ދެކޭގޮތް ދަށްވެ، ރުޅިގަދަވެ ކިޔެވުމަށް ދަށްވުމެވެ.
ކަންމިހެން އޮތްއިރު ބައެއް މުދައްރިސުން މިފަދައިން ކަންކުރާކަމަށް ދަރިވަރުންގެ
ޖަވާބުތަކުން ހާމަވެއެވެ.
ގަޔާވާ އަދި ގަޔާނުވާ
މުދައްރިސްގެ ފިލާވަޅުތަކުން ދަރިވަރުންނަށް ކުރެވުނު ތަޖުރިބާ
ދަރިވަރުން ގަޔާވާ އަދި ގަޔާނުވާ
މުދައްރިސްގެ ކިބައިން ފާހަގަކުރެވުނު ކަންކަންކަމަކީ ދަރިވަރަށް މާއްދާ އެނގޭ
މިންވަރާއި ޝައުޤުވެރިކަމަށް ބާރުފޯރުވާކަން ދަރިވަރުންނާ ކުރެވުނު ސުވާލުތަކަށް
ދަރިވަރުންދިން ޖަވާބުތަކުން ހާމަވެއެވެ.
ގަޔާވާ މުދައްރިސްގެ ފިލާވަޅުތައް
|
ގަޔާނުވާ މުދައްރިސްގެ ފިލާވަޅުތައް
|
§
އެންޖޯއިމެންޓް.
§
ޝައުޤުވެރި.
§
ފާސްވޭތޯ
މަސައްކަތްކުރެވޭ.
§
އާ މަޢުލޫމާތު
ލިބޭ.
§
އާ
ކަންތައްތަކެއް ދަސްވޭ.
§
ފަސޭހަ.
|
§
ކިތަންމެ
ވަރަކަށް ކިޔަވަން އުޅުނަސް ކިޔަވާތިތެއް ނުވޭ.
§
އެގަޑީގެ
އެއްވެސް އެއްޗެއް ދަސްކުރާހިތެއް ނުވޭ.
§
ކިޔަވައިދޭ
އެއްޗެއް އޮޅުމަކުން ނުފިލާ.
§
ކިޔަވައިދޭ
އެއްޗެއް ނޭނގޭ.
§
އެއްފަހަރާ
ގިނައެއްޗެހިތަކެއް ކިޔަވައިދޭ.
§
އުނދަގޫ.
§
ތަފާތުކުރޭ.
|
ކިޔަވައި ދިނުމުގެ މަޤުޞަދު ހާސިލްވާނީ ކިޔަވައިދެވޭ އެއްޗެއް ދަރިވަރުންނަށް
ފަހުމް ވުމުންނެވެ (ނިޔުޒިލެންޑް ކަރިކިޔުލަމް އަޕްޑޭޓް، 2012). މެޑަލިން ހަންޓަރ (2003) ބަޔާންކުރައްވާގޮތުގައި، ރަނގަޅަށް
އޮޅުންފިލުވައިދިނުމަކީ ބުނެދޭން އުޅޭ އެއްޗެއް ތަފުސީލުކޮށް ދިގުކޮށް އެއްޗެއް
ބުނެދިނުމުގެ ބަދަލުގައި ވީހާވެސް ކުރުކޮށް ވިސްނަންފަސޭހަ އުނގެނުމާއި
އުނގަންނައި ދިނުމުގައި ރަނގަޅަށް ސާފުކޮށް އޮޅުންފިލުވައިދިނުމެވެ. އެހެނީ
މުދައްރިސް އުނގަންނައިދޭން ބޭނުންވާ އެއްޗެއް އޮޅުންފިލުވައިދޭ ގޮތުން ދަރިވަރުގެ
އުނގެމުނަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ސާފުކޮށް އޮޅުންފިލިވަރަކަށް
ޝައުޤުވެރިކަން އިތުރުވާނެއެވެ. ޝައުޤުވެރިކަން އިތުރުވި މިންވަރަކުން ދަރިވަރުން
ކިޔަވާހިތްވެ ދަރިވަރުންގެ ބައިވެރިވުން ބޮޑުވެ މުދައްރިސްގެ މަޤުސަދުތައް
ހާސިލްވާ މިންވަރު އިތުރުވެގެންދާނެއެވެ. މިބޭފުޅުންގެ މި ބަޔާންކޮށްފައިވާ ކަންކަން
ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންގެ ގަޑީގައި ކުރެވުނު ތަޖުރިބާގެ ގޮތުގައި
ބަޔާންކޮށްފައިވާ ކަންކަމުން ހާމަވެއެވެ.
ދިލިޕް
ބްރެޑް (2009) ހާމަކުރައްވާގޮތުގައި ކިޔަވައިދިނުމުގެ %50 އަކީ ދެކެވޭ ވާހަކައެވެ.
އެހެންކަމުން ދަރިވަރުންނާއި ކުރެވޭ މުޢާމަލާތަކީ ދަރިވަރުންގެ އުގެނުމަށް އަސަރު
ކުރުވާ ކަމެއްކަމަށް އެބޭފުޅާ އިތުރަށް ހާމަކުރައްވައެވެ. އެހެނީ ދަރިވަރުންނާ
މުޢާމަލާތު ކުރުމުން ދަރިވަރުންނަށް ކިޔައިދިން އެއްޗެއް އޮޅުން ނުފިލަންޏާ
އެނގޭނެއެވެ. އަދި ދަރިވަރުންގެ އިހުސާސްތައް ދެނެގަނެވޭނެއެވެ. މިއީ
ދަރިވަރުންނާއި މުދައްރިސްގެ ގުޅުން ދެމެހެއްޓުމަށާއި އަޑުއަހައިގެން ދަސްކުރާ
ދަރިވަރުންނަށް ދަސްކުރުމަށް ފަހި ގޮތަކަށް ވެގެން ދާނެއެވެ. އެހެންނަމަވެސް
ދަރިވަރުން ގަޔާނުވާ މުދައްރިސުންގެ ފިލާވަޅުތަކުން މިކަން މިގޮތަށް ނުކުރާކަން
ހާމަވެއެވެ.
ކާމިޔާބު ކަމާއެކު ކިޔަވައިދިނުން
ކުރިއަށް ގެންދަން ބޭނުންނަމަ ދަރިވަރުންނާއި މުދައްރިސުންގެ ގުޅުން
ރަނގަޅުވާންޖެހެއެވެ. އެހެންނޫނީ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ދަތިތަކާއި
ކުރިމަތި ލާންޖެހޭނެއެވެ. ހަބަރމަން، އެމް، (1995) ބަޔާންކުރައްވަނީ، މުދައްރިސުން
ދަރިވަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދަރިވަރުންނާ މުވާސަލާތު ކުރެވޭ
މަގުތައް ތަނަވަސްކުރުމަކީ ދަރިވަރުންގެ ކިޔެވުން ރަނގަޅުކުރުމަށް ކުރަންޖެހޭ
ކަމެކެވެ. އެހެންނަމަވެސް މިއާ އެއްގޮތަށާއި މިއާ ޚިލާފަށް ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ކަންކުރާކަން ދަރިވަރުންގެ
ބުނުންތަކުން ހާމަވެއެވެ.
ސާރާ
ރިމް (2014) ހާމަކުރައްވާގޮތުގައި، ދަރިވަރުންގެ ކިޔެވުމާއި އިޖުތިމާއީ ގުޅުން
ކުރިއެރުވުމަށް މުދައްރިސާއި ދަރިވަރުންގެ ގުޅުން ވަރަށް މުހިއްމު ދައުރެއް
އަދާކުރެއެވެ. އެބޭފުޅާ އިތުރަށް ހާމަކުރައްވާގޮތުގައި، މުދައްރިސާއި ދަރިވަރުން
ގުޅިގެން އެއްބާރުލުންދީގެން ކިޔެވުމުން އެނޫންކުދީން ނެރޭ ނަތީޖާތައްކަށްވުރެ
ރަނގަޅެވެ. އެއީ ކުދީންނާއި އޮންނަ ގުޅުމުގެ ސަބަބުން، ކިޔެވުމާއި ގުޅޭގޮތުންނާއި
ދަރިވަރުންނަށް ދިމާވާ ކިޔެވުމަށް ބުރޫއަރާ އެހެނިހެން ކަންކަމުގެ މަޢުލޫމާތުވެސް
މުދައްރިއްސާއި ހިއްސާކުރެއެވެ. އެހެންކަމުން މުދައްރިސަށް ދަރިވަރުންގެ
އިހުސާސްތައް ރަނގަޅަށް ދެނެގަނެވި ޓީޗިންގ އަދި ލާނިންގ މާހައުލު ރަނގަޅުކުރުމަށް
ފުރުޞަތު ލިބެއެވެ. ނަތީޖާއަކަށްވާނީ އެ ގުޅުމުގެ ސަބަބުން ލާލިނގ އައުޓްކަމްސް
ރަނގަޅުވުމެއެވެ. އެހެންކަމުން ދަރިވަރުންނާއި މުދައްރިސުން އޮންނަ ގުޅުމަކީ
އުނގެނުމަށް އަސަރު ފޯރުވާ އެކަމަށް ހުރިހާ މުދައްރިސުންވެސް ސަމާލުކަން
ދޭންޖެހޭނެ ކަމެކެވެ. މިފަދައިން މަޤުބޫލު މުދައްރިސުން ކަންކުރާއިރު މަޤުބޫލު ނޫންމުދައްރިސުން
މިފަދައިން ކަން ނުކުރާކަން ދަރިވަރުންނާ ކުރެވުނު ސުވާލުތަކުން ހާމަވެއެވެ.
ތަފާތު ކުދީންނަކީ ތަފާތު ފެންވަރުގެ ކުދީންނެވެ. ތަފާތު ކުދީންނަށް ދަސްވާނީ
ނުވަތަ އެނގޭނީ ތަފާތު ގޮތްގޮތަށް ކިޔަވައިދިނުން ބައްޓަން ކޮށްގެންނެވެ. ތަފާތު
ގޮތްގޮތަށް އޮޅުންފިލުވައިދީގެންނެވެ (ރިޗާރޑް އެމް ފެލްޑަރ، 2005). އެހެންކަމުން،
އޮޅުންފިލުވައިދިނުމުގައި ތަފާތު އެހީތައް ބޭނުންކުރުމާއި ތަފާތު ގޮތްތައް
ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. މީގެއިތުރުން ހުރިހާ
ކުދިންނަށްވެސް އެނގޭނެހެން އޮޅުންފިލުވައިދިނުމަށްޓަކައި ދަރިވަރުންގެ ގާބިލުކަން
ދެނެގަންނަން ޖެހެއެވެ. އަދި އުދިންގެ ގާބިލުކަމުގެ މައްޗަށް ރިއާޔަތްކޮށް
އުޅުންފިލުވައިދިނުން ބައްޓަން ކުރަންޖެހެއެވެ. ނޫންނަމަ އުނގެނުމުގެ ގާބުލުކަން
ދަށް ދަރިވަރުންގެ ނަތީޖާ ދާނީ ދަށްވަމުންނެވެ. އެހެންނަމަވެސް މަޤުބޫލު ނޫން
މުދައްރިސްގެ ކިޔަވައިދިނުމުގައި ދަރިވަރުންގެ މެދުގައި ތަފާތުކުރާކަން
ދަރިވަރުންގެ ބުނުންތަކުން ހާމަވެއެވެ.
ރިފްލެކްޝަން
މި އެސައިމެންޓް ޕްރެޒެންޓޭޝަން ހެދުމުގެ ސަބަބުން ދަރިވަރުން ކިޔެވުމަށް
ޝައުޤުވެރިވާ އަދި ކިޔެވުން ދަށްވާ ތަފާތު ކަންކަން އެނގިގެން ހިނގައްޖެއެވެ. އޭގެތެރޭގައި މުދައްރިސުން ކިޔަވައިދޭން ބޭނުންކުރާ ތަފާތު
އުޞޫލުތަކުން ދަރިވަރުންގެ ކިޔެވުމަށް އެދެވޭ ބަދަލު އަންނަކަމާއި ދަރިވަރުންނާ
ދޭތެރޭ ކަންކަން ކުރެވޭގޮތުން ދަރިވަރުން އުނގެނުމުގެމަތިން ފޫހިވާކަންވެސް
އެނގިގެން ހިނގައްޖެއެވެ. މީގެއިތުރުން
ދަރިވަރުންގެ ނަޒަރުގައި މަޤުބޫލު މުދައްރިސުންގެ ސިފަތަކާއި އެ ސިފަތައް
ލިބިގަތުމުގެ ބޭނުން އެނގިގެން ހިނގައްޖެއެވެ. އަދިހަމައެހެންމެ ދަރިވަރުން ގަޔާނުވާ މުދައްރިސުންގެ ސިފަތަކާއި އެ ސިފަތަކުން
ދުރުހެލިވެ ކިޔަވައިދިނުމުގެ މާހައުލު ބައްޓަންކުރުމުގެ މުހިއްމުކަން އެނގިގެން
ހިނގައްޖެއެވެ.
ދަރިވަރުންގެ ކިޔެވުން ތަރައްޤީވުމާއި ދަށްވުން ބިނާވެފައިވަނީ ހަމައެކަނި
މުދައްރިސުންގެ ސަބަބުން ނޫންކަންވެސް މި އެސައިމެންޓް ހެދުމުގެ ސަބަބުން
އެނގިގެން ހިނގައްޖެއެވެ. އޭގެތެރޭގައި
އުނގެނުމުގެ ފިޒިކަލް މާހައުލުން ފާހަގަކުރެވޭ ކަންކަމާއި އެކަންކަން
ރަނގަޅުކުރުމުގެ މުހިއްމުކަން އެނގިގެން ހިނގައްޖެއެވެ. މީގެއިތުރުން ދަރިވަރުން ކިޔަވަމުންދާ މުޤައްރަރާއި ޕޮލިސީތައްވެސް
ދަރިވަރުންގެ އުނގެނުމަށް ބާރުފޯރުވާކަންވެސް މި އެސައިމެންޓް ހެދުމުގެ ސަބަބުން
އޮޅުންފިލައިގެން ހިނގައްޖެއެވެ. އަދި
މީގެއިތުރުން އުނގަންނައިދިނުމުގެ ދާއިރާއާގުޅޭ ގޮތުން ތިއަރިސްޓުން
ދައްކަވާފައިވާ ވާހަކަތަކުގެ ތެދުކަންވެސް ހާމަވެގެން ހިނގައްޖެއެވެ.
No comments:
Post a Comment