ކިޔަވައިދިނުމުގެ ގޮތްތައް
ކިޔަވައި
ދިނުމުގެ ބޭނުމަކީ ނޭނގޭ ބަޔަކަށް އެއްޗެއް އޮޅުން ފިލުވައިދިނުމެވެ. އެހެންކަމުން
ހަމައެކަނި މުދައްރިސަކު ކުލާހަށް އައިސް ލެކްޗަރ ދިނުމަކުން ކުދިންނަށް އެއްޗެއް
އެނގުނު ކަމަކަށް ނުވާނެއެވެ. އަދި މުދައްރިސަކު ހުސްގަޑި ފުރާލުމަށް ކްލާހަށް
އައިސް ކިޔަވައި ދިނަކަސް ކިޔަވައިދިނުމުގެ މަގްސަދު ހާސިލްވީ ކަމަކަށް
ނުވާނެއެވެ. ކިޔަވައި ދިނުމުގެ މަގްސަދު ހާސިލްވާނީ ކިޔަވައިދެވޭ އެއްޗެއް ދަރިވަރުންނަށް ފަހުމް
ވުމުންނެވެ. ކިޔަވައިދޭ އެއްޗެއްގެ
ބޭނުން ކުރަން ދަރިވަރުންނަށް އެނގުމުންނެވެ. މިގޮތުން ދަރިވަރުންނަށް ކިޔަވައިދޭ އެއްޗެއް ފަހުމްވާނީ އެ
ފިލާވަޅަކަށް ދަރިވަރުންގެ ސަމާލުވެ
ޝައުގުވެރި
ކުރެވިގެންނެވެ. އެގޮތުންބަލާއިރު ރާއްޖޭގެ އެކި ސުކޫލުތަކުގައި ކިޔަވައިދޭ
ދިނުމުގައި ތަފާތު އެކި ގޮތްތައް ބޭނުން ކުރެވެއެވެ. މިގޮތުން ބޭނުންކުރާ ގޮތްތައް
ތަފާތު ފިލާވަޅުތަކުގައި ތަފާތުކަންވެސް ފާހަގަކުރެވެއެވެ.
ރާއްޖޭގެ ސުކޫލުތަކުގައި އެންމެ
އާންމުކޮށް ބޭނުންކުރެވޭ ކިޔަވައިދިނުމުގެ އެއް ގޮތަކީ ޓީޗަރ ސެންޓާރޑް ލާނިންގ
އެވެ. މިއީ ކުއްޖާގެ ވިސްނުން ފުޅާ ކުރުމަށް އެންމެ އެކަށޭނަ ޓީޗިން މެތަޑެއް
ނޫންކަމަށް އެލެކްސް ކޮޒްލިން (2003)
ހާމަކުރައްވައެވެ. އެބޭފުޅާ ވިދާޅުވާގޮތުގައި، ގުޅިގެން ފުޅާ ދާއިރާއެއްގައި
ހަރަކާތްތަކުގައި ބައިވެރިވެގެން އަމިއްލައަށް ކަންކަން ނިންމާ، ސުޓޫޑެންޓް ސެންޓާރޑް ލާނިން ގޮތަތައް ބޭނުންކޮށްގެން
ކިޔަވައިދިނުމުން ދަރިވަރުންނަށް ދަސްވާ މިންވަރު އިތުރުވެގެން ދެއެވެ. އެހެންކަމުން
ދަރިވަރުންގެ ވިސްނުންތަރައްޤީ ކުރުމަށްބޭނުންވާ ހާލަތްތަކުގައި ޓީޗަރސް އެންޓާރޑް
ލާނިންގއަކީ އެހާ އެފެކްޓިވް ގޮތެއްނޫނެވެ. ވުމާއެކު ދަރިވަރުންގެ
ވިސްނުންތަރައްޤީ ކުރުމަށްބޭނުންވާ ހާލަތްތަކުގައި ސުޓޫޑެންޓް އެންޓާރޑް
ލާނިންއަކީ އެންމެ ބޭނުންތެރި ކިޔަވައިދިނުމުގެ ގޮތެވެ.
ސުޓޫޑެންޓް
އެންޓާރޑް ލާނިން ބޭނުންކޮށްގެން ކިޔަވައިދޭ ކިޔަވައިދިނުން އާންމުކޮށް ބިނާވެފައި
އޮންނަނީ ކުދި ގުރޫޕްތަކުގައި ދަރިވަރުން ބައިވެރިވެގެން ކުރިއަށް ގެންދެވޭ
އުނގެނުމުގެ ހަރަކާތްތަކެއްގެ މައްޗަށެވެ. އެއީ މިގޮތައް ހިންގޭ ހަރަކާތްތަކުން
މުޅި ގުރޫޕަށާއި ވަކިވަކި ދަރިވަރުންނަށް އުނގެނުމަށް މަގުފަހި ކުރުވާތީކަމަށް
މުޙައްމަދު އުމަރު (2007) ބަޔާންކުރަށްވައެވެ. އެހެންކަމުން ދަރިވަރުންގެ އުގެނުން
ބިނާވާނީ ގުރޫޕުގައި ތިބި ކުދިންގެ ވިސްނުން ހުރިގޮތެއްގެ މައްޗަށާއި ކުރިން
އެކުދިންނަށް އެނގިހުރި އެއްޗެއްގެ މައްޗަށެވެ. އަދި މުދައްރިސް ކުރިއަށް ގެންދަވާ
އުނގެނުމުގެ ހަރަކާތް ރާއްވަވާފައިވާ ގޮތެއްގެ މައްޗަށެވެ. ވުމާއެކު، ރަނގަޅަށް ޕްލޭން ކުރެވިގެން މުނިޓަރ ކުރެވިގެން ގެންދެވޭ
ހާލަތެއްގައި މެނުވީ ސުޓޫޑެންޓް ސެންޓާރޑް ލާނިން ބޭނުންކުރުމަކީ އޭގެ ފައިދާ
އެންމެ އެދެވޭގޮތުގައި ފެންނާނެ ގޮތެއް ނޫންކަމަށް ރޯއީ ކިލެން (1998)
ހާމަކުރައްވައެވެ. އެހެންކަމުން ގުރޫޕްތައް ހެދުމުގައި ވިސްނުމުގެ ފެންވަރު ތަފާތު
ކުދިން ހިމެނޭގޮތަށް ގުރޫޕްތައް އެކުލަވާލައިގެން މި މެތަޑް ބޭނުންކޮށްގެން
ކިޔަވައި ނުދެވޭނެ ހާލަތްތަކުގައި މި މެތަޑު ބޭނުންކޮށްގެން ކިޔަވައިދިނުމަކީ އޭގެ
ފައިދާ އެންމެ އެދެވޭގޮތުގައި ލިބޭނޭ ގޮތެއް ނޫނެވެ.
ހިސާބު، ސައިންސް ކަހަލަ ބައެއް މާއްދާތަކަކީ ބައެއް
"ލޯތައް" އެނގިގެން މެނުވީ އެނގޭނެ މާއްދާތަކެއް ނޫނެވެ. ޑީ ޑަބްލިޔު
ކާނިން، ސިލްބާރޓް، ކަމެނޫ އަދި ޓާރވާ
(2004) ބަޔާންކުރަށްވާގޮތުގައި، ހިސާބުކަހަލަ ވަކިގޮތްތަކެއް އެކުލެވޭ
މާއްދާތަކަށް ކިޔަވައިދިނުމަށް ޓީޗަރ ސެންޓާރޑް ލާނިންގ މެތަޑަކީ ވަރަށް އެކަށޭނަ
ކިޔަވައިދިނުމުގެ ގޮތެކެވެ. އެހެންކަމުން އެފަދަ މާއްދާތަކުގެ އެފަދަ މަހުފޫމްތައް
ކިޔަވައިދޭންޖެހޭ ހާލަތްތަކުގައި، ސުޓޫޑެންޓް ސެންޓާރޑް ލާނިންގ ބޭނުންކުރުމަކީ
އެންމެ އެދެވޭ ގޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް އެފަދަ
މާއްދާތަކުގެ އެޕްލިކޭޝަން ލެވެލްގެ މަސައްކަތްތައް ދަސްކޮށްދޭނަމަ، ސުޓޫޑެންޓް
ސެންޓާރޑް މެތަޑްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުން ޓީޗަރ ސެންޓަރޑް
ލާނިންއަށްވުރެ، ލާނިންގ އައުޓްކަމްސް ރަނގަޅުވާނެއެވެ. އެހެނީ، ޑިސްކަޝަންއަށް
ފުރުޞަތު ދެވޭގޮތަށް އުނގެނުން ބައްޓަން ކުރުމުން ލާނިންގ އައުޓްކަމްސް
ރަނގަޅުވާނެކަމަށް އެލެކްސް ކޮޒްލިން (2003) އާއި
ޖީން ޕިއާޖޭ (1952) ބަޔާންކުރައްވާފައިވާތީއާއި، މިއީ
ޤަބޫލުކުރެވޭ ހުއްޖަތްތަކެއް ކަމުގައިވާތީއެވެ. ވުމާއެކު، ކޮންމެހެން އެނގެންޖެހޭ
މަޢުލޫމާތެއް ނުވަތަ "ލޯއެއް" ދަސްކޮށްދޭންޖެހޭ ހާލަތްތައް ފިޔަވައި
އެހެން ހާލަތްތަކުގައި ރަނގަޅީ ސުޓޫޑެންޓް ސެންޓާރޑް ލާނިންގ މެތަޑު
ބޭނުންކުރުމެވެ.
ރާއްޖޭގެ
ސުކޫލުތަކުގައި ކިޔަވައިދޭ ގިނަ މާއްދާތަކަކީ ބޭރުގެ މުޤައްރަރުތަކަކަށް
ކިޔަވައިދޭ މާއްދާތަކެކެވެ. އެހެންކަމުން އެ މާއްދާތަކުން ދޭ ޓެސްޓްތަކުން
ދަރިވަރުން ފާސްކުރުމަށް ބޭނުންނަމަ މުޤައްރަރުގެ ހުރިހާ ބައިތައް ކަވަރު
ކުރަންޖެހެއެވެ. އެކަމަށް މުދައްރިސަށް ލިބިފައި އޮންނަނީ އެ ސުކޫލަކުން ކަނޑައަޅާ
ވަކި ގަޑިތަކެކެވެ. އެހެންކަމުން މުޤައްރަރު ކަވަރުކުރުމަށް އަބަދުވެސް އޮންނަނީ
ވަގުތު ނުވެފައެވެ. އެހެންކަމުން މުދައްރިސުން ޓީޗަރ ސެންޓާރޑް ލާނިންގ މެތަޑު
ބޭނުންކުރަމުން ގެންދެއެވެ. އެއީ އެގޮތަށް ކިޔަވައިދިނުމުން މުދައްރިސަށް މުޤައްރަރު
ކަވަރުކުރުމަށް ވަޤުތު ލިބޭތީއެވެ. ރޯއީ ކިލަން (1998) އަދި ސައިންޑަރ (2009) ހާމަކުރައްވާގޮތުގައި، ސުޓޫޑެންޓް
ސެންޓާރޑް ލާނިންގ މެތަޑުތައް ބޭނުންކުރުމަކީ އާންމުކޮށް ކިޔަވައިދޭ އުޞޫލަށްވުރެ
ވަގުތު ބޭނުންވާ، ކާމިޔާބުކަމާއެކު ފިލާވަޅު ކުރިއަށް ގެންދެވޭ އުޞޫލެކެވެ.
އެހެންކަމުން ކުދިންނަށް އެއްޗެއް ރަނގަޅަށް އެނގުނުކަމުގައިވިޔަސް މުޤައްރަރު
ކަވަރު ކުރުމަށް ވަޤުތު ބޭނުންވާ ހާލަތްތަކުގައި ސުޓޫޓެންޓް ސެންޑާރޑް ލާނިންގ
އުޞޫލު، އޭގެ ހުރިހާގޮތްތަކެއް ހިމަނައިގެން
ބޭނުންކުރުން ބުއްދިވެރިއެއް ނޫނެވެ.
އުނގެނުން ބިނާވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް
އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވައިލެވިގެންކަމަށް ޖީން ޕިއާޖޭ (1896-1980) ހާމަ ކުރައްވައެވެ. އެހެންކަމުން މަޢުލޫމާތު
އަބަދުވެސް ތާޒާކޮށް ބެހެއްޓުމަށްޓަކައި އުނގަންނައިދެމުން ދާއިރު، ދަރިވަރުންނަށް
ކުރިން އެނގިފައިވާ ބައިތަކާއި އަލަށް އެނގެމުންދާ ބައިތައް ގުޅުވައިގެން
ކިޔަވައިދިނުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ކިޔަވައިދޭއިރު، ދަރިވަރު ކިޔަވާ
ބައިތަކާ ބެހޭގޮތުން މަޝްވަރާކޮށް ޢަމަލީ މަސައްކަތްތައް ގިނަގިނައިން ދަރިވަރުން
ލައްވާ ކުރުވުމުން ނުވަތަ ސުޓޫޑެންޓް ސެންޓާރޑް މެތަޑުތައް ބޭނުންކޮށްގެން އެ
ފިލާވަޅުތައް ގިނަ ދުވަހަށް ހަދާން ހުންނަ ގޮތަށް މެމޮރީގައި ރައްކާކުރުމަށް ދެވޭ
ފުރުޞަތަކަށްވެ، މިފަދަ ފުރުޞަތުތައް އެންމެ އެކަށޭނަގޮތުގައި ކުދިންނަށް
ހޯދައިދެވޭނެކަމަށް ރޯއީ ކިލަން (1998) ބަޔާންކުރައްވައެވެ. އެހެންކަމުން ކުރިން
ކިޔަވައިދީފައިވާ މަޢުލޫމާތުތަކާއި ގުޅިގެން ނަގައިދެވޭ ފިލާވަޅެއްނަމަ، އެފަދަ
ހާލަތްތަކުގައި ސުޓޫޑެންޓް ސެންޓާރޑް ލާނިންގ ބޭނުންކުރެވިދާނެއެވެ.
No comments:
Post a Comment