Friday, September 22, 2017

ކާމިޔާބު މުދައްރިސް



މުދައްރިސްގެ ސަބަބުން ޝަޢުޤުވެރިވުމާއި ކިޔެވުމަށް ދަށްވުން
މި އެސައިމެންޓަކީ ދެކުދިން ނުވަތަ ތިންކުދިންގެ ގުރޫޕުގައި ހެދުމަށް ހަވާލުކޮށްފައިވާ ޕްރެޒެންޓޭޝަން މަސައްކަތެއް ފުރިހަމަކުރުމުގެ ގޮތުން ހަދާފައިވާ އެސައިމެންޓް ޕްރެޒެންޓޭޝަނެކެވެ. މި މަސައްކަތް ކުރުމަށްޓަކައި  ސުކޫލްގައި ކިޔަވަމުންދާ އުނގެނުމުގެ ގޮތުން ދަށްކަމަށް ފާހަގަކުރެވޭ 4 ދަރިވަރުންނާ ސުވާލުކޮށް، މި އެސައިމެންޓަށް މަޢުލޫމާތު އެއްކޮށްފައިވާނެއެވެ. އެގޮތުން އެއްކޮށްފައިވާ މަޢުލޫމާތުތައް އެއްކޮށްފައިވާނީ ޕްރެޒެންޓޭޝަން ހެދުމަށް ގުރޫޕުގެ ދެ ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ތައްޔާރުކޮށްފައިވާ ސުވާލުކަރުދާހެއް ބޭނުނުންކޮށްގެން ދަރިވަރުންނާއި އިންޓަވިޔުކޮށްގެންނެވެ. މިގޮތުން ހޯދުނު މަޢުލޫމާތުތައް ހޯދާފައިވާނީ ދަރިވަރުން އެންމެ ކިޔަވާހިތްވާ މާއްދާއާއި އެންމެ ކިޔަވާހިތްނުވާ މާއްދާ ކިޔެވުމުގައި ކުރެވުނު ތަޖުރިބާތަކާއި، މަޤުބޫލު އަދި މަޤުބޫލުނޫން މުދައްރިސްގެ ސިފަތައް ދެނެގަނެ، ދަރިވަރުންގެ ކިޔެވުން ދަށްވާ ސަބަބު ދެނެގަތުމުގެ މައްޗަށެވެ.