Friday, April 24, 2015

ފެވްވަރުބެލުމާއި ވަޒަންކުރުން

އެސެސްމަންޓެއްގައި ރިލައިބިލިޓީ، ވެލިޑިޓީ އަދި ފެއާނެސް ގެ މުހިއްމުކަން
އެސެސްމެންޓަކީ ދަރިވަރުންނަށް އެނގިފައިވާ ނުވަތަ ޙާޞިލްވެފައިވާ މިންވަރު ބެލުމެވެ. އެގޮތުން އެސެސްމެންޓްގެ މައިގަނޑު މަޤްޞަދަކަށް ވެފައިވަނީ ކުދިންގެ ކުރިއެރުން ދެނެގަތުމެވެ. އަދި ކިޔަވައިދިނުމުގެ ފެންވަރު ދެނެގަނެ އެކަން ކުރިއެރުވުމެވެ. އެހެންކަމުން ދަރިވަރުން ވަޒަންކުރުމާއި މިންކުރުން ނުވަތަ ފެންވަރު ބެލުމުގައި އެ އެސެސްމެންޓްގެ ވެލިޑިޓީ އާއި ރިލަޔަބިލިޓީ އަދި ފެއާނެސްއަށް އިސްކަންދޭން ޖެހެއެވެ.

އެސެސްމެންޓްގެ ވެލިޑިޓީ

އެސެސްމެންޓްގެ ވެލިޑިޓީއަކީ އެސެސްމެންޓުން ހޯދަންބޭނުންވާ ނަތީޖާގެ ޞައްޙަކަން ކަށަވަރު ކުރުމެވެ. އެހެންކަމުން ވަޒަންކުރަން ބޭނުންކުރަނީ ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެންމެ އެކަށޭނަ ބޭނުންތެރި ގޮތަށްތޯއާއި އަދި އެގޮތުން އެއްކުރެވުނު މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއްތޯ ބެލުމަކީ ވެލިޑިޓީގެ އެއް އަސާސެވެ. އެހެންކަމުން ޓެސްޓްގެ ވެލިޑިޓީ ކަށަވަރު ކުރުމަށްޓަކައި ކިޔަވައިދެވުނު ބައިތަކަކީ ކޮބައިކަން ދެނެގަނެ، ކުދިންނަށް އެނގިފައިވާ އެއްޗެއް ނުވަތަ މައްސަލަ ހައްލުކުރުމުގެ ގާބިލްކަން ހުރީ ކިހާވަރަކަށްކަން ދެނެގަނެ، އެސެސްކުރާ ބައިތަކުން ތަފާތު ފެންވަރުގެ ތަފާތު ވައްތަރުގެ ސުވާލުކުރުމާއި ވަޤުތާއި ކުދިންގެ ހާލަތާއި ތަނަށް ރިޢާޔަތްކުރުމަކީ އެސެސްމެންޓްގެ ވެލިޑިޓީ ނުވަތަ ޞައްޙަކަން އިތުރުކުރުމަށް ވިސްނުން ބަހައްޓަންޖެހޭނެ ކަންކަމެވެ.

އެސެސްމެންޓްގެ ރިލަޔަބިލިޓީ

ރިލައަބިލިޓީއަކީ ޓެސްޓްކުރެވޭ ގޮތުގެ އިތުބާރެވެ. ނުވަތަ ޓެސްޓް ކުރެވޭގޮތުގެ މައްޗަށް ވެވޭ ބަރޯސާއެވެ. އެގޮތުން އެތައްފަހަރަކު އެއް ޓެސްޓެއް ދިނުމުންވެސް އެއް ނަތީޖާއެއް ނުކުންނަނަމަ، އެ ޓެސްޓްކުރާ އާލާތަކީ ޓެސްޓްކުރުމަށް އިތުބާރު ހިފޭ އެސެސިން ޓޫލެކެވެ. އެހެންނޫންނަމަ، އެ ނުކުތް ތަތީޖާއަކީ ވެލިޑިޓީ ވަރަށްދަށް، ބަރޯސާ ނުވެވޭ ނަތީޖާއަކަށް ވެގެން ހިނގައިދާނެއެވެ. ހަމަމިގޮތަށް، އެއްޓެސްޓެއް ކުދިންނަށް ދެފަހަރަށް ދީގެން ތަފާތު ދެޓީޗަރަކު މާރކު ކުރުމުންވެސް ގާތްގަޑަކަށް އެއްވަރުގެ ނަތީޖާއެއް ނުކުމެއްޖެނަމަ، އެ ނަތީޖާއަކީ ވަރަށް ބޮޑަށް ބަރޯސާވެވިދާނެ ރިލަޔަބަލް ނަތީޖާއެއް ކަމަށް ނިންމިދާނެއެވެ. ވުމާއެކު އެސެސްކުރާއިރު ރިލަޔަބިލިޓީއަށް އިސްކަންދިނުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެކެވެ.

ފެއާނެސް

އެސެސްކުރުމުގައި ފެއަނެސް ނެތްނަމަ އެ އެސެސްމެންޓެއްގެ ވެލިޑިޓީ އަދި ރިލަޔަބިލިޓީއަށް އަސަރުފޯރާނެއެވެ. އެހެންކަމުން އެސެސްކުރުމުގައި ފެއަނެސް ނުވަތަ ހުރިހާކުދިންނަށް ހަމަހަމައުޞޫލަކުން އެސެސްކުރެވޭ ގޮތެއް ނުވަތަ ގޮތްތަކެއް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ދަރިވަރުންގެ ޖިންސް، ދީން، ކަލްޗަރ، ނުވަތަ ނިސްބަތްވާ ގުރޫޕުގެ ސަބަބުނާއި، ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ ދަރިވަރުންގެ ނަތީޖާއަށް އަސަރު ފޯރައިގެން ނުވާނެގޮތަކަށް އެސެސްކުރުންތައް ބައްޓަންކުރުމަކީ މުހިއްމު ކަމެކެވެ.

No comments:

Post a Comment