ދިވެހިބަހާމެދު ބައެއް ބޭފުޅުންގެ ރަޢުޔު
ޝަކީލާ ޙާމިދު 2009
ޢިލްމުވެރިޔާ
|
ބަހުގެ އަސްލު
|
އަހަރު
|
ފޮތުގެ ނަން
|
ރަޢުޔުތަކުގެ ޚުލާސާ
|
ނަސީމާ މުޙައްމަދު
|
ސާންސްކްރިތު
|
1998މ.
|
ދިވެހިންގެ ބަސް
|
އިންޑޯ އިރޭނިއަން ބަސް ކަފިވެ އޭގެތެރެއިން އިންޑޯ
އާރިއަން (ސާންސްކްރިތު) އުފެދި މިބަސް ހުޅަނގާއި ދެކުނަށް ފުޅާވެގެން އުފެދުނު
ބަސްތަކުގެ ތެރޭގައި ގުޖުރާތީ، މަރާޓީ، ކޮންކަރީ، ދިވެހި އަދި ސިންގަޅަ ބަސްތައް
އުފެދުން.
|
ޙުސެއިން ރަޝީދު އަޙުމަދު
|
ސާންސްކްރިތު
|
1995މ.
|
އިންޑޯ-އާރިއަން ގުރޫޕު ބަސްތަކުގެ ތެރެއިން ދިވެހި ބަސް
|
ދިވެހި ބަހަކީ އާރީބަހުގެ ގޮފިތަކުގެ ތެރެއިން
ސާންސްކްރިތު ބަހުގެ ގޮތްޕެއްކަމުގައި ބުނެވިދާނެއެވެ. ސަބަބަކީ މިހާރު ހިންދު
ކަރައާއި އިންޑިޔާ ކަނޑުގައި ހިމެނިފައިވާ ރަށްތަކުގެ މީހުން ވާހަކަދައްކާ
އުޅެނީ ސަންސްކްރިތު ބަހުން އުފެދިފައިވާ ބަސްތަކުންކަމަށް ވާތީއެވެ.
|
އެމް.ޑަބްލިޔު.ސުގަތަޕާލާ ޑިސިލްވަރ (ތަރުޖަމާ:ޢަބްދުﷲ
ޒަމީރު)
|
އިންޑިކް
ބަސް
|
1993މ.
|
ފަތްތޫރަ (168)
|
ދިވެހި ބަހަކީ އިންޑިކް ބަހެއްކަމާއި 11 ވަނަ ޤަރުނުގެ ކުރީކޮޅުގެ ބަހެއްތޯ ކުރި
ދިރާސާއިން އެނގި ހާމަވީ، ދިވެހި ބަހުގައި ސިންގަޅައިންގެ ނުފޫޒު ވަރަށް ބޮޑަށް
ހުރިކަމަށެވެ. ސަބަބަކީ ދިހަ ވަނަ ޤަރުނާއި ބާރަވަނަ ޤަރުނާއި ދެމެދު ސިލޯނާއި
ރާއްޖެއާއި ދެމެދު އޮތް މުޢާމަލާތުގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ. އަދި
ދިވެހި ބަހުގެ ސިފަތަކަކީ ސިންގަޅަ ބަހުގެ އަމިއްލަ ސިފަތަކެއްކަމަށް ގަބޫލެއް
ނުކުރެވޭނެ ކަމަށެވެ.
|
މުޙައްމަދު އަމީން
|
ސާންސްކްރިތު
|
2008މ.
|
ދިވެހި އަދީބުންގެ ދުވަސްވީ ލިޔުއްވުންތައް
|
"ދިވެހި
ބަހުގެ އަސްލަކީ ހަމަކަށަވަރުންވެސް ސާންސްކިރިޓެވެ."ޞ.16
|
މުޙައްމަދު އަމީން
|
ސާންސްކްރިތާއި
ޕާލީ
|
1368ހ.
|
ދިވެހި ބަސް ދަރިވަރުންގެ އެހީތެރިޔާ(1 ވަނަބައި)
|
"ދިވެހި
ބަހުގެ އަސްލަކީ ސާންސްކްރިތުބަހާއި ޕާލީ ބަހެވެ." ޞ.11
|
އިބުރާހީމް ޝިހާބު
|
ސާންސްކްރިތު، ޕާލީ، ސިންގަޅަ
|
2008މ.
|
ދިވެހި އަދީބުންގެ ދުވަސްވީ ލިޔުއްވުންތައް
|
"ދިވެހި
ބަހުގެ މައިގަނޑަކީ، ނުވަތަ އުފެދުމުގެ އަސްލަކީ ސާންސްކްރިތު ބަހާއި ، ޕާލީ
ބަހާއި، ސިންގަޅަ ބަހެވެ." ޞ.17
|
އިބުރާހީމް ޝިހާބު
|
ސާންސްކްރިތު، ޕާލީ ބަހާއި އެތެރެ ވަރީގެ އެހެނިހެން ބަސްބަސް
|
1981މ.
|
ފަތްތޫރަ (32)
|
"
ކޮންމެއަކަސް އަޅުގަނޑުމެންގެ ދިވެހި ބަހުގެ އަސްލުކަމަށް ބެލިފައިވަނީ
ސާންސްކްރިތު ބަހާއި ، ޕާލީ ބަހާއި އަދި މިނޫނަސް އެތެރެވަރީގެ އެހެނިހެން
ބަސްތަކެވެ. "ޞ13
|
ޢަދުނާނު ޙުސެއިން
|
އިންޑޯ-ޔޫރަޕިއަން
އާއިލާއިން އުފެދިފައިވާ އިންޑޯ އިރާނިއަން ބަހުން އުފެދިފައިވާ ބަސްތަކުގެ
ތެރޭގައި
|
1987މ.
|
ފަތްތޫރަ(95)
|
"
ބަސްބަހުގެ އާއިލާގެ މައްޗަށް ބަލާއިރު ދިވެހި ބަސް ވާކަމަށް ފެންނަނީ އިންޑޯ
ޔޫރަޕިއަން އާއިލާގެ އިންޑޯ އިރާނިއަން ބަހުން އުފެދިފައިވާ ބަސްތަކުގެ
ތެރޭގައެވެ." ޞ.8
|
އަޙުމަދު ޝަފީޤު
|
ސިންގަޅަ
|
1996މ.
|
ދަންފުޅި
|
"
ދިވެހި ބަހުގެ %79 އަކީ، ސިންގަޅަ ބަހުގެ އަސްލަކަށް ބެލެވޭނެ އެބަހާއި ގުޅިގެން
އުފެދިފައިވާ ބަސްކަމަށްވެއެވެ."ޞ.16
|
އަޙުމަދު ޝަފީޤު
|
ސާންސްކްރިތު
|
1998މ.
|
ސުވާލާއި ޖަވާބުން ދިވެހި ރާއްޖެ (ފުރަތަމަ ބައި)
|
ދިވެހިބަހުގެ އަސްލު ސާންސްކްރިތާއި ގުޅިފައި ވެއެވެ.
|
ޢަބްދުލް ޙަކީމު ޙުސެއިން މަނިކު
|
ސާންސްކްރިތު
|
2008މ.
|
ދިވެހި އަދީބުންގެ ދުވަސްވީ ލިޔުއްވުންތައް
|
"
ދިވެހި ބަހުގެ އަސްލު ކަމަށްވާ ސެންސްކްރިތުގެ އަސްލަކީ އާރިޔާނީ ނުވަތަ
އޭރިޔަން ބަސްކަމަށް ވާތީއެވެ." ޞ20
|
ޙަސަން އަޙުމަދު މަނިކު
|
އިންޑޯ
އިރޭނިއަން ގުރޫޕުގެ ބަހެއް
|
2008މ.
|
ދިވެހި އަދީބުންގެ ދުވަސްވީ ލިޔުއްވުންތައް
|
"
ޢިލްމުވެރިން ލިޔުއްވާ ގޮތުގައި ދިވެހި ބަހަކީ އިންޑޯ އިރޭނިއަން ގުރޫޕުގެ
ބަހެކެވެ."ޞ.59
|
މުޙައްމަދު ވަޙީދު (މަޑުލު)
|
ސާންސްކްރިތު
|
2008މ.
|
ލިޔުންތެރިޔާ ވިދާޅުވި ވާހަކައެއް.
|
ދިވެހި ބަހުގެ އަސްލަކީ ސިންގަޅަ ބަހެއް ނޫނެވެ.
ސާންސްކްރިތު ބަހެވެ. ސަބަބަކީ ދިވެހި ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ
އިންޑިޔާ ދަރިކޮޅެއްގެ ބަޔަކުކަމުގެ ސާބިތު ހެކިތައް ފެންނަން ހުރީމައެވެ.
|
ހަބީބާ ޙުސެއިން ޙަބީބު
|
ސާންސްކްރިތު
|
1996މ.
|
ފަތްތޫރަ (203)
|
ދިވެހި ބަހަކީ ސާންސްކްރިތު ބަހާއި އެހެނިހެން
ޑައިލެކްޓްތައް އެކުލެވި މަސްހުނިވެ، އުފެދިފައިވާ ހަރުދަނާ ޕްރާކްރިތަކުން
އުފެދުނު ބަހެއްކަމަށްވުން އެކަށީގެންވެއެވެ.
|
؟
|
ސިންގަޅަ
ބަސް
|
1990މ.
|
ދިވެހި ތާރީޚަށް އައު އަލިކަމެއް
|
ދިވެހި ބަހުގެ އަސްލަކީ ސާފު ސިންގަޅަ ބަހެވެ.
|
ހެންރީޗާލްސް ޕާރވިންސް ބެލް
|
އިންޑޯއާރިޔަން
ބަސްތަކުގެ ބަހެއް.
|
1940މ.
|
ދަ މޯލްޑިވް އައިލެންޑްސް، މޮނޮގްރަފީ އޮން ދަ ހިސްޓްރީ،
އާކިއޮލޮޖީ، އެޕިގްރަފީ
|
"އިންޑިޔާކަނޑުގެ
ގައުމުތަކަށް ބާރުގަދަ ވެރިކަމެއްގެ ބާރުހިންގި ދުވަސްވަރު ދިވެހިރާއްޖެއަށް އެކަމުގެ އަސަރު ފޯރާފައިވެއެވެ.
އެގޮތުން ރާއްޖޭގެ ސަގާފަތަށާ ބަހަށްވެސްއެކަމުގެ އަސަރުފޯރާފައިވާކަން އެނގެން އެބައޮތެވެ.
ދިވެހިބަސްހިމެނެނީ އިންޑޯ-އާރިޔަން ބަސްތަކުގެ ތެރޭގައެވެ.އެންމެގާތް
ދައްތަބަހެއްގެ ގޮތުގައި ސީދާފާހަގަވާންއޮތީ ސިންގަޅާބަހެވެ" (ޞ. 16).
|
ވިލްހެލްމްގައިގަރ
|
ސިންގަޅަބަހެއް
ނޫން.
|
1919މ.
|
މޯލްޑިވިއަން ލިންގުއިސްޓިކް ސްޓަޑީޒް
|
ދިވެހި ބަހާއި ސިންގަޅަ ބަހަކީ އެއްޕްރާކްރިތަކުން
އުފެދުނު ދެ ބަހެވެ.
|
އެޑްރިއަން ނެވިލް
|
އިންޑިކްބަސް.
|
2003މ.
|
ދިވެހި ރާއްޖެ - އަ ޕޯޓްރެއިޓް އޮފް މޯލްޑިވްސް
|
"ލިންގުއިސްޓުން
ހާމަކުރައްވާގޮތުގައި ދިވެހި ބަހާއި ސިންގަޅަ ބަހަކީ ބީ.ސީން ގާތްގަނޑަކަށް 500
އަހަރު ކުރިން އިންޑިކް ބަސްތަކުގެ ތެރޭގައި ހިމެނޭ ދެބަހެވެ. މި ދެބަހުގެ މާދަރީ
ބަހަކީ ކޮބައިކަން އެނގިފައި ނެތްނަމަވެސް އިންޑަސް ވާލީ ޙަޟާރަތުގެ
ގުޖުރާތުބަހާ މި ބަހާ ދެމެދުގައި ގާތް ގުޅުމެއ ވާކަން ފާހަގަ ކުރެވެއެވެ."
|
ފްރެންސިސް ޕިރާޑު ޑީލާވަލް
|
ސިންގަޅަ
ބަހެއް ނޫން.
|
(1621
-1570މ.)
|
ޑިސްކްރިޕްޝަން އޮފް ދަ މޯލްޑިވްސް
|
"
ދިވެހި ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ ސިލޯނުގެ ބައެއް ކަމަށްވާ
ސިންގަޅައިން ކަމަށް ކިޔާ އުޅެތެވެ. ނަމަވެސް އެމީހުންގެ ކުލަޔާއި ސިފައަށް
ބަލާފައި އެމީހުންނީ ސިންގަޅައިންގެ ނަސްލުގެ ބައެއްކަމަކަށް ނުބުނެވޭނެއެވެ." ޞ.78
|
ސޮންޖާ ފްރިޓްޒް
|
ސާންސްކިރިތް
|
2001
|
ދިވެހި ލޭންގްއޭޖު އަ ޑިސްކްރިޕްޓިވް އެންޑް
ހިސްޓްރިކަލް ގްރެމަރ އޮފްމޯލްޑިވިއަން އެންޑްއިޓްސް ޑައިލެކްޓްސް.
|
ދިވެހިބަހާއި، ސިންގަޅަބަހާ ދެމެދުގައި
ގާތްގުޅުމެއްވެއެވެ. އެހެނަސް ދިވެހިބަސް އެބަހަކުން އުފެދުނު މައިބަހަކީ
ސާންސްކިރިތް ބަހެވެ. މިބަސް ގުލިފައިވަނީ އިންޑޯ ޔޫރަޕިއަން ގްރޫޕުގެ
ބަސްތަކާއެވެ. ދިވެހިބަހަށް ސިންހަޅަބަހުގެ އަސަރު ފޯރާފައިވަނީ 12
ވަނަޤަރުނުގައި ކަމަށްވުން އެކަށީގެންވެއެވެ.
|
No comments:
Post a Comment