ފެންވަރުބެލުމާއި ވަޒަންކުރުން އަދި މިންކުރުން
ޓީޗަރުން ދަރިވަރުންނާމެދު ނިންމާ ނިންމުތައް
ކަނޑައެޅުމަށްޓަކައި ރަސްމީކޮށާއި، ރަސްމީނޫން ގޮތްތައް ބޭނުންކޮށްގެން
ކުދިންގެގާބިލްކަމާއި، ހާސިލުވާ (ފަހުމްވާ) މިންވަރު އަދި ކުދިންގެ
ހެދިބޮޑުވުމާބެހޭ މަޢުލޫމާތު ނުވަތަ ކުރިއެރުން ހޯދާމިންވަރު އެއްކުރަން ޖެހެއެވެ. އެހެންކަމުން ދަރިވަރުން ވަޒަންކުރުމާއި މިންކުރުން ނުވަތަ
ފެންވަރު ބެލުމުގައި ތަފާތު ގޮތްތައް ބޭނުންކޮށްގެން މެނުވީ ކިޔަވައިދިނުމާއިގުޅޭ
ޞައްޙަ މަޢުލޫމާތު އެއްކުރުންވާނީ ދަތިކަމަކަށެވެ. އެގޮތުން ދަރިވަރު ހުރި
ހިސާބެއް ބެލުމަށާއި ފަހުމްވެފައިވާ މިންވަރު ބެލުމަށް އަދި ކިޔަވައިދިނުމުގެ
ވައްޓަފާޅިއަށް ގެންނަންޖެހޭ އެދެވޭ ބަދަލުތައް ގެނައުމަށާއި ފީޑްބެކް ދިނުމަށް ވަޒަންކުރުމާއި
އެސެސްކުރުން އަދި މެޝަރކުރުމަކީ
ކުދިންނަށާއި މުދައްރިސުންނަށް އަދި ބެލެނިވެރިންނަށާއި ކިޔަވައިދޭ މަރުކަޒަށް ނުހަނު ބޭނުންތެރި ކަމެވެ.
ކުދިންނަށާއި މުދައްރިސުންނަށް އަދި ބެލެނިވެރިންނަށާއި ކިޔަވައިދޭ މަރުކަޒަށް ނުހަނު ބޭނުންތެރި ކަމެވެ.
1.2 ޓެސްޓް، އެސެސްމެންޓް އަދި މެޝަރމެންޓް
އެސެސްމަންޓް، ޓެސްޓް އަދި މެޝަރމަންޓް މިތިން
ލަފްޒަކީވެސް އެއްކަމެއް ކުރުމަށް ބޭނުން ކުރެވޭ ބަސްތަކެއް ކަމަށްވާތީ،
މިބަސްތަކުގެ މާނައަށް ބަލައިލާނަމެވެ.
1.1.1 ޓެސްޓް
ޓެސްޓަކީ ސުވާލުތަކެއް އެކުލެވޭގޮތަށް،
ހުރިހާކުދިންނަށް އެކަށޭނަ މާހައުލެއްގައި، ވަކި ގަޑިތަކެއް ކަނޑައަޅައިގެން، ދެވޭ
މަސައްކަތަކަށް ކިޔާނަމެކެވެ. ޓެސްޓަކީ
އެސެސް ކުރުމަށް ބޭނުންކުރާ އެއް އާލާތެވެ. ނުވަތަ ވައްތަރެއްގެ އެސެސްމަންޓެކެވެ.
1.1.2 އެސެސްމެންޓް
އެސެސްމަންޓަކީ ކުދިންގެ އުނގެނުމާއި ބެހޭގޮތުން
ގޮތެއް ނިންމަންޖެހޭ ނިންމުން ނިންމަން ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ
ގޮތްތަކަށް ކިޔާ ނަމެކެވެ.
1.1.3 މެސަރމެންޓް
މެޝަރމަންޓަކީ ކަނޑައެޅިފައިވާ ވަކި ގޮތަކަށް ޓެސްޓްގެ ނަތީޖާއަށް ނަންބަރު ދިނުމެވެ. މެޝަރމަންޓް މިބަސް ސިފަކުރެވޭނީ ހިސާބުގެ ޢަދަދުތަކުން
ނުވަތަ ކުއަންޓިޓޭޓިވްކޮށް މިންކުރާ ކުރުމަށެވެ. މީގެ މާނައަކީ މެޝަރމަންޓްގެ
ނަތީޖާ އަބަދުވެސް ދައްކައިދޭނީ ނަންބަރުންކަމެވެ.
1.2 ފެންވަރުބެލުމާއި ވަޒަންކުރުން އަދި މިންކުރުމުގެ ޢާންމު އަސާސްތައް
1.2.1
ވަޒަންކުރުމަށް ބޭނުންވަނީ ކޮންއެއްޗެއްކަން ސާފުކޮށް ކަނޑައެޅުން:
1.2.2 ވަޒަންކުރަން ބޭނުންކުރާނެގޮތް ކަނޑައެޅުން:
1.2.3 ތަފާތު ގޮތްތައް ބޭނުންކޮށްގެން ވަޒަން ކުރުން.
1.3 ރާއްޖޭގެ ތަޢުލީމީ ފަލްސަފާ ނުވަތަ ލާރނިންގ އައުޓްކަމްސް
i.
އުނގެނުމަށް
ޝައުޤުވެރިކަން ހުންނަ، ކަންކަން ހޯދައި
ތަޖުރިބާކުރުމަށް ލޯބިކުރާ، ކަންކަމާމެދު ސުވާލު އުފައްދާ އަދި ޢިލްމުހޯދައި، ޢިލްމުގެ
ބޭނުން ހެޔޮގޮތުގައިހިފާ، ކާމިޔާބު ފަރުދަކަށް ހެދުން
ii.
އިސްލާމީ
ހަރުދަނާ ޢަޤީދާއެއްގެ މައްޗަށް ބިނާވާ، އަމިއްލަވަންތަކަން ދަމަހައްޓާ،
ދިވެހިރާއްޖޭގެ އާދަކާދަޔާއި ސަޤާފަތަށް ޙުރުމަތްތެރިކޮށްހިތާ، އަމިއްލަ ނަފްސުގެ
ޤާބިލުކަން އެނގި އޭގެ މައްޗަށް އިތުބާރުކުރާ ކަންކަމާ ކުރިމަތިލާ
ޤާބިލު ފަރުދަކަށް ހެދުން.
iii.
ޢާއިލާއަށާއި
މުޖުތަމަޢަށް އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ޙިއްސާއަދާކުރާ، އުފެއްދުންތެރި
ޒިންމާދާރު ފަރުދަކަށް ހެދުން.
1.4 ތަފާތު ވައްތަރުގެ ވަޒަންކުރުންތައް
* ވަޒަންކުރުމުގައި މައިގަނޑު ތިންގޮތެއް
ބޭނުންކުރެވެއެވެ. އެއީ އެސެސްމެންޓް ފޯރ ލާރނިންގ އާއި، އޭޒް ލާނިންގ އަދި އޮފް
ލާނިންގ އެވެ. މިފަދަ ވަޒަންކުރުންތައް ތަފާތު ގޮތްގޮތަށް ކުރިއަށް ގެންދެއެވެ.
1.3.1 ވަޒަންކުރުން ކުރިއަށްގެންދާ ތަފާތު ގޮތްތައް:
i.
ހުރި ހިސާބެއް
ބެލުމަށް(placement)
،
ކިޔަވައިދިނުމަށް ފަށައިގަތުމުގެ ކުރިން ކުދިންގެ ހުރި
ފެންވަރެއް ކަނޑައެޅުމަށް ބޭނުންކުރާ ވަޒަންކުރުމުގެ ގޮތެއް.
ii.
އުނގެނުމުގެ ކުރިއެރުން
ބެލުމަށް
(formative) ، ކިޔަވައިދެމުންދާއިރު ކުދިންގެ ކުރިއެރުން
ދެނެގަތުމަށް މި ބޭނުންކުރާގޮތެއް.
iii.
މައްސަލަ
ދެނެގަތުމަށް(diagnostic) ކިޔަވައިދެމުންދާއިރު ކުދިންނަށް ދިމާވާ
ދަސްކުރުމުގެ އުނދަގޫތައް ދެނެގަތުމަށް ބޭނުންކުރާ ވަޒަންކުރުމުގެ ގޮތެއް.
iv.
ކިޔަވާދީ
ނިމިގެން ހާސިލްވި މިންވަރު ދެނެގަތުމަށް (summative)
ކިޔަވައިދީނިމުމުން ކުދިންނަށް ހާސިލްވި މިންވަރު ދެނެގަތުމަށް ބޭނުން
ކުރެވޭގޮތެއް.
1.4 ވަޒަންކުރުމުގެ ޞައްޙަކަން ނުވަތަ ވެލިޑިޓީ އަދި ރިލަޔަބިލިޓީ
ވަޒަންކުރެވުނީ ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެންމެ
އެކަށޭނަ ބޭނުންތެރި އިތުބާރުހިފޭ ގޮތަށްތޯއާއި އަދި އެގޮތުން އެއްކުރެވުނު
މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއްތޯ ބެލުމަކީ ވަރަށް މުހިއްމުކަމެކެވެ. އަދި
މިގޮތުން ހޯދުނު ހޯދުމަކީ، އެ ހޯދި ހޯދުމުގެމައްޗަށް ގޮތް ކަނޑައެޅިދާނެ
ހޯދުމެއްތޯ ދެނެގަންނަން ޖެހެއެވެ. އެގޮތުން ވެލިޑިޓީގެ ނޭޗަރ ދެނެގަތުމަކީ
މުހިއްމު ކަމެކެވެ. އެހެންނޫނީ ވަޒަންކުރުމުގެ މަޤުޞަދު އޮންނާނީ ހާޞިލު
ނުކުރެވިއެވެ. އޭގެތެރޭގައި:
1.4.1 ވަޒަންކުރުމުގައި ކިޔަވައިދޭ ބައިތަކަށް
ބެލުން.
ވަޒަން ކުރި އެއްޗެއް ތަމްސީލު ކުރަނީ ކިހާވަރެއްތޯ
ބަލައި ވަކިބަޔަކުން ހަދާފައިވާ ސުވާލު ތަކަކުން ނުވަތަ މަސައްކަތްތަކުން ކުއްޖަކު
ހާސިލްކުރި މިންވަރު ސިފަކުރުމަށްޓަކައި ކިޔަވައިދިން ބައިތަކަށް ވިސްނުން
ބެހެއްޓުމަކީ ބޭނުންތެރިކަމެކެވެ.
1.4.2 ޓެސްޓް ތައްޔާރުކުރިގޮތަށް ބެލުން.
ކުދިންނަށް އެނގިފައިވާ އެއްޗެއް ނުވަތަ މައްސަލަ
ހައްލުކުރުމުގެ ގާބިލްކަން ހުރީ ކިހާވަރަކަށްކަން ދެނެގަނެ، ކުދިންނާ ގުޅުންހުރި
ބައިތަކާބެހޭ ސުވާލުކުރުމާއި ވަޤުތާއި ކުދިންގެ ހާލަތާއި ތަނަށް ރިޢާޔަތްކުރުމަކީ
ޓެސްޓް ތައްޔާރުކުރުމައި ވިސްނުން ބަހައްޓަންޖެހޭނެ ކަންކަމެވެ. މީގެއިތުރުން
ދަރިވަރުގެ ޖަވާބުތައް އަންނާނެގޮތާއި ދަރިވަރުގެ ނަފުސާނީ، ޖިސްމާނީ ހާލަތާމެދުވެސް
ތައްޔާރުވެފައި ހުރުމަކީ އެހާމެ މުހިއްމު ކަމެކެވެ. އެހެންނޫންނަމަ،
ވަޒަންކުރުމުގެ ޞައްހަކަމާއި އިތުބާރެއް ނޯންނާނެއެވެ.
No comments:
Post a Comment